އައްޑޫއިން އުފަންވާ ކޮންމެ ސިޔާސީ ލީޑަރެއްގެވެސް އަބުރު ކަތިލާ ސައިޒް ކުރުމަކީ މިހާ ހިސާބަށް އެމްޑިޕީން ހިންގަމުން އަންނަ ކަމެއްކަމުގައި މަރަދޫ ދާއިރާގެ މެންބަރުން އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިފަދައިން ވިދާޅުވެ ކުރެއްވި ޓްވީޓުގައި ޝަރީފް ވިދާޅުވެފައިވަނީ އެއީ އޭނާ ކަމުގައިވީ ނަމަވެސް ނޫނީ ޑރ މުންނަންވަރު ނުވަތަ ދީދީ އަދި އަސްލަމްކަމުގައިވީ ނަމަވެސް ޕާޓީން މިފަދައިން ކަންތައް ކުރައްވަމުން އަންނަކަމަށެވެ.
ޝަރީފް މިހެން ޓްވީޓު ކުރުމަށް މެދުވެރިވި ސަބަބެއްކަމުގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން އެންވާރަމެންޓް އެންޑް ޓެކޮނޮލޮޖީ މިނިސްޓާ އައިޝަތު ޝައުނާ މި އިންތިހާބުގައި ޗެއާޕާސަންކމަުގެ މަގާމުގައި ތާއީދު ކުރައްވަނީ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލަށްކަމުގައި ނިންމާވާ ހާމަކުރެއްވުމުން ރައީސް ނަޝީދު އެކަމަނާއަށް ފާޑު ކިޔުން އަމާޒު ކުރެއްްވުމުންނެވެ.
Addu in ufan vaa komme siyaasee leader egge aburu kathilaa size kurumakee MDP ga mihaa hisaabah hingamun anna aamu kameh. E ee alhugandu kamah viyas, Dr. Munavvaru kamah viyas, Dr. Didi kamah viyas, MP Aslam kamah viyas jehunee e haalu. Mee reyvigen hingaa kameh. Adhu @anuahsa
— Ibrahim Shareef (@AdduShareef) May 4, 2022
ޝަރީފްގެ ޓްވީޓުގައި ވަނީ މިއަދު އަބުރު ކަތިލުމަށް މަސައްކަތް ކުރަމުން އެގެންދަވަނީ ޝައުނާކަމުގައި ވިދާޅުވެފައެެވެ.
މި އިންތިހާބުގެ ކެމްޕެއިންތަކުގައި ”ކީއްވެ ފަޔާ“ ގެ ދަށުން ހަދަމުންދާ އިންޓަވިއުތަކެއްގެ ދަށުން ޝައުނާ ދެއްވާފައިވާ އިންޓަވިއުގައި ޗެއާޕާސަންކަމުގެ މަގާމާށް ހޮވަން ފެނިއްލައްވަނީ ފަޔާކމުަގައި ބުނުމާއެކު ރައީސް ނަޝީދު ވަނީ އެކަމަނާއަށް އިޝާރާތްކޮށް އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅެއްވުމަށް ގޮވާލާފައެވެ. އަދި ޕާޓީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ސާފު ވާނެކަމުގައި ވިދާޅުވެފައިވެއެވެ.
Minister Shauna ge amilla vazeefa ge edhumah fahikoh MDP akee kobaakan bayaan kuravvan noolhuvva. MDP ge aanmu memberunah MDP akee kobakan varah saafuvaane
— Mohamed Nasheed (@MohamedNasheed) May 4, 2022
މިފަދައިން އެކަމަނާގެ އަބުރަށް ހުތުރުވާފަދައިން ޓްވީޓު ކުރައްވާފައިވާއިރު މީގެ ކުރީގައި މިނިސްޓާ ޝައުނާއަކީ ރައީސް ނަޝީދާއި ވަރަށް އަރިސް ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. ޝައުނާ ވަނީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސްކަމާއި، އަދި ރައީސް ނަޝީދުގެ ދޮޅު އަހަރުގެ ވެރިކަމުގައި ޕްރެސް ސެކޭޓްރީކަންވެސް އަދާކުރައްވާފައެވެ.
ފައްޔާ ހޮވަންޖެހޭ ސަބަބެއްކަމަށް ޝައުނާ ވިދާޅުވީ، 2023 ކާމިޔާބުކޮށް އެމްޑީޕީން ވެރިކަމަށް އައުމަށްޓަކައި ވެފައިވާ ވައުދުތައް ފުއްދޭނީ ޗެއާޕާސަނަކަށް ޕާޓީ ހިންގާލެވޭނެ ބޭފުޅަކަށް ފަޔާޒަށް ވާތީކަމުގައެވެ.
ފޯރިގަދަވެފައިވާ މި އިންތިހާބުގައި ޝައުނާ ފައްޔާޒް ފަޅި ނެންގެވުމުން ރައީސް ނަޝީދު ފާޑުކިއުން އަމާޒުކޮށް ކުރި ޓްވީޓަކީ ހަޑި އަމަލެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސިފަކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ފަޅި ނުނަންގަވާ ކޮންމެ މީހަކީ އެއީ ގޯސް މީހެއްގެ ގޮތުގައި ލޭބަލް ނުކުރަން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ގޮވާލާފައެވެ.

