ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިޔަކު މޫދަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދީފި

ކޯސްޓް ގާޑުގެ އުޅަނދެއް..ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިޔަކު މޫދަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދީފިއެވެ.

އެމްއެންޑީއެފުން ބުނީ ޅ.އަތޮޅު މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާ ދިނުމުން އެކަން އެ ދޯނިން ކޯސްޓްގާޑަށް އަންގާފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއިއެކު މިހާރު ދަނީ އެދޯނި ކައިރިއަށް ދަތުރުކުރަމުން ކަަމަށެވެ.

އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: