ރާއްޖޭގެ ދެ ދޯންޔެއް ފަރަށް އަރައިގެންގެން ހަރަކާތްތެރިވަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ޓްވިޓަރ މެދުވެރިކޮށް ހާމަކޮށްފައިވާގޮތުން، ފަރަށް އަރާފައިވާ އެއް ދޯންޏަކީ 16 މީހުން ހިމެނޭހެން މަސްވެރިކަން ކުރުމުގެ މަގުސަދުގައި ނުކުމެ އުޅުނު ”އުފާ“ ނަމަކަށް ކިޔާ މަސް ދޯންޏެއްކަމަށެވެ. މި ދޯނި ފަރަށް އަރައިފައިވަނީ ތ ގާދިއްފުށި ކަައިރިން ކަމަށާއި އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
8 މީހުންނާއެކު ކ.މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ބޯޓެއް މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/AdlSj7GuuM
— Maldives National Defence Force (@MNDF_Official) May 21, 2022
މަސްވެރިކަން ކުރަން ނުކުމެ އުޅުން ”އުފާ“ ދޯނީގެ އިތުރުން މިއަދު ފަރަށް އަރައިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައި ވަނީ ކ. މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ”މާވަހަރު ސްޓަރ“ ދޯންޏެވެ. މި ދޯނީގައި 8 މީހުން ދަތުރު ކުރަމުން ދިއައިރު ފަރަށް އަރާފައިވަނީ މ. މުއްޔާއި މ. ކޮޅުފުށްޓާއި ދެމެދުންކަމަށާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ހާމަކޮށްފައިވެއެވެ.

