ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގަށް މީހުން ހައްޔަރު ކުރަން ނުޖެހޭ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަތަކުގެ ތަހުގީގުތަކަށް މީހުން ހައްޔަރު ކުރަން ނުޖެހޭކަމަށާއި އެއީ އެމަނިކުފާނު ގަބޫލު ކުރައްވާ އުސޫލެއް ނޫންކަމަށް އިދިކޮޅުގެ ލީޑާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުން ބުނާވަރުގެ އިންޓެލިޖެންސް ރިޕޯޓް ހުރެއްޖެކަމުގައިވަނީނަމަ ތަހުގީގު ފުރިހަމަ ކުރަން މީހުން ހައްޔަރު ކުރަން ނުޖެހޭނެކަމަށެވެ.

މިއީ ބަދަލު ކުރަން ޖެހޭ އުސޫލެއްކަމުގައި ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ މީހެއްގެ މައްޗަށް ތުހުމަތެއް އުފުލެވޭ ވަރަށް އިންޓެލިޖެންސް މައުލޫމާތު އެއްކުރެވިފައިވާނަމަ މައުލޫމާތު އެއްކޮށް އެމީހެއްގެ މައްޗަށް ޗާޖް ކުރަން ޖެހޭނެކަމަށެވެ. އަދި ޓްރައިލްގެ ކުރިން ޑިޓެންޝަނެއް އައިސްގެން ނުވާނެކަމުގައި ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ އިންސާފުގާއިމްކުރުމުގައި އަދުލުވެރިވުމަށްޓަަކައި ވެރިކަމުގެ އިތުރު ދައުރެއް ލިބިއްޖެނަމަ މިކަންތައްތައް އިސްލާހު ކުރައްވާނެކަމުގައި ރައީސް ޔާމިން ވައުދުވެވަޑައިގެންނެވިއެވެ.

އިތުރަށް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވީ މި މާއްދާއަކީ ވާހަކަ ދެއްކުމާއި އެއްވުމުގެ ހައްގަށް ހުރަސް އެޅުމަށްޓަކައި ހެދިފައިވާ މާއްދާއެއް ނޫންކަމަށެވެ.

މީގެ އިތުރަށް ރައީސް ޔާމީން ވަނީ އެމަނިކުފާނު އިސްވެ ހުންނަވާ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދަވާ ”އިންޑިއާ އައުޓް“ ހަރަކާތަށް އަލިއަޅުއްވާލައްވާފައެވެ. މި ހަރަކާތުގެ ފަނޑުކޮށްލުމަށް ބެނާތައް ނަގާ ސަބަބާއި މެދު ސުވާލު އުފައްދަވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ނިޒާމުގެ ތެރެއިން މި ހަރަކާތް ހުއްޓުވަން މަސައްކަތް ކުރައްވަނީ ރާއްޖެއަށް ފިލާވަޅެއް ހޯދުމަށްޓަކައި ނޫންކަމަށެވެ. އިންޑިއާގައި ރާއްޖެއިން އިންޑިއާ އައުޓްވުމަށް ގޮވާލަނީ ކީއްވެގެންކަން ނެގޭ ރައްޔިތުން އެބަތިބިކަމަށާއި އައުޓް ވާންވީ ކޯއްޗެއްތޯ ސުވާލު އުފައްދަން އެ ފަރާތްތަކުންމާ އައުލާކަން ބޮޑުކަމަށް ވިދާލުވިއެވެ. އަދި މި ސުވާލު އަހަންވީ ރާއްޖޭގެ ހޯމް މިނިސްޓާ އިމްރާން އަބްދުލްﷲ ނޫންކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މި ހަރަކާތް ހުއްޓުވުމަށްޓަަކައި މަސައްކަތް އެކުރައްވަނީ ދުނިޔޭގެ ސަމާލުކަމަށް މިކަން އައިސްދާނެތީކަމުގައި އެމަނިކުފާނު ވިދާޅުވުމުގެ ސަބަބެއްކަމުގައި ދެއްކެވީ އިންޑިއާގެ ސިޔާސީ ފަރާތްތަކަށްވެސް ރާއްޖެއިން އިންޑިއާއަށް މިހާ ވަރުގަދަ ނަފްރަތުގެ މެސެޖްތައް ދެނީ ކީއްވެގެންކަން ނޭގުމެވެ. އިންޑިއާއިން ދިވެހި ރާއްޖޭގައި ހިންގާ ޖަރީމާ ދުނިޔޭގެ ސަމާލުކަމަށް އަތުވެދާނެތީ ސަރުކާރުން އުޅޭކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް އެބޭފުޅުން އެކުރައްވާ މަސައްކަތަކީ ހަގީގަތުގައިވެސް މިކަންތައްތައް ދުނީޔޭގެ ސަމާލުކަމަށްޓަކައި ގެނައުމަށް ކުރާ މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިހަރަކާތުގެ ދަށުން އިންޑިއާ އައުޓްއޭ ބުނެފިނަމަ ހައްޔަރު ކުރާކަމުގައި ފާހަގަ ކުރައްވާ ވިދާޅުވީ ބަޔަކު ދަށުވާނީ މިހާވަރަކަށްކަމުގައެވެ. ސަރުކާރުގައި ތިބީ އެއްވެސް ކަހަލަ އަބުރެއް އިއްޒަތެއް ޝަރަފެއް ދަންނަބަޔަކު ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެތިބީ އެއަށްވުރެ ބޮޑަށް ފިތި ބާރުވެފައިކަމުގައި ވިދާޅުވިއެވެ.

މިފަދަ ވާހަކަތަކެއް އެންމެ ގިނައިން ދައްކަވާ ބޭފުޅަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމުގައި ފާހަގަކުރައްވާ ވިދާޅުވީ، ސަރުކާރު އޮތީ ނަގޫ ފިތި ބާރުވެފައިކަމުގައި އެމަނިކުފާނުވެސް ވިދާޅުވިކަމަށެވެ.

”ރައީސް ނަޝީދު އެންމެ ރަނގަޅަށް އެހެން މީހުންނާއި ބެހޭގޮތުން ވިދާޅުވަނީ އެކަމަކު އަޅުގަނޑަށް ހީވަނީ ރައީސް ނަޝީދު މި ވާހަކަތައް އެބަ ވިދާޅުވޭ ކަންނޭގެ މިހާރު އޮތް ސަރުކާރާއި ދޭތެރޭ ނަގޫފިތި ބާރުވެފައޭ މިތިބީ، އެހެންވީމަ މި މީހުންނަކަށް މިނޫން ގޮތެއް ނެތް“ ރައީސް ޔާމީން ވިދާޅުވިއެވެ.

ވާހަކައިގައި ޔާމިން އިތުރަށް ބަނދުކުރުމާއި ބެހޭ ގޮތުން ވިދާޅުވީ ކޯޓް އަމުރުގެ ދަށުން ބަންދު ކުރެވިގެންދާ މީހާއަށްވެސް އޭނާ ބަންދު ކުރެވެނީ ކީއްވެގެންކަން ނޭގޭކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ދެ ފަހަރު މަތިން ހައްޔަރު ކުރެވިގެންދިޔަ ކުރީގެ މަޖިލީސް މެންބަރު މަހައްމަދު އިސްމާއީލްގެ ނަން ފާހަގަ ކުރައްވާ ސުވާލުއުފެއްދެވީ މިއީ ކުޅޭ ކުޅިވަރެއްތޯއެވެ. މީހަކު ހިޔާލު ފާޅުވީކުރީމަ ނުވަތަ މުހައްމަދު އިސްމާއީލް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ އައުޓް ހަރަކާތް ހިންގި ނަމަވެސް ހައްޔަރު ވާންވީ ކީއްވެގެންކަމާއިމެދުވެސް ޔާމީން ވަނީ ސުވާލުއުފައްދަވާފައެވެ. އަދި ވިދާޅުވަމުން ގެންދިޔައީ ދައުލަތުގެ ހަރުދަނާ ކަމެއް ހުންނަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: