ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯޕާ އާއި ބައިވެރިން ޕްލާސްޓިކް ޕެޓް ފުޅި އެއްކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕާ އާއި ބައިވެރިން ޕްލާސްޓިކް ޕެޓް ފުޅި އެއްކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރަށް ފުޅާކޮށްފި

މާލެ، މޭ 22، 2022 މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އާއި އެ ޖަމިއްޔާގެ ބައިވެރިން ގުޅިގެން ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަހައްލުކޮށް، ޕްލާސްޓިކަށް ސާކިއުލާ އިކޮނޮމީއެއް އުފެއްދުމުގެ މަގުސަދުގައި ހިންގާ ދެ މަޝްރޫއެއްގައި ރާއްޖޭގެ އިތުރު ރަށްތަކާއި ރިސޯޓުތައް ބައިވެރިކޮށް، އެ ދެ މަޝްރޫއު އިތުރަށް ފުޅާކޮށްފި އެވެ.

10 ޑިސެމްބަރު 2020ގައި އިފްތިތާހުކުރި ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް (ކޮކާކޯލާގެ ބުއިންތައްރާއްޖޭގައި ބަންދުކުރާ ފަރާތް)، ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް (ލައިފްބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި) އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (ތާޒާބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި)އާ އެކު ވަރުގަދަ ޕާޓްނަޝިޕެއްގެދަށުންނެވެ. މި ޕާޓްނަޝިޕް ގާއިމްކޮށްފައި ވަނީ، އެ ކުންފުނިތަކުގެ އަމިއްލަ އިސްނެގުމުގައި، 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެޓް އަލުން ބޭނުންކުރުމުގެ މަގްސަދުގަ އެވެ.

މި މަޝްރޫއު ފެށިގެން ދިޔައީ، މާލެ ސަރަހައްދުގައި ރެސްޓޯރަންޓްތަކާއި ކެފޭ ފަދަތަންތަން ހިމެނޭ ގޮތަށް 120 އަށް ވުރެ ގިނަ ރީޓެއިލް އައުޓްލެޓްތަކުން އުކާލާ ޕެޓް ފުޅި 100 އިންސައްތަ ރީސައިކަލް ކުރެވޭ އަދި ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމުގެ ގާބިލުކަން ހުރި މި ފުޅިތައް ކޮންމެ ދުވަހަކު އެއްކުރުމުގެ ތެރެއިންނެވެ. މާލެ އާއި ހުޅުމާލޭގެ 263 އަށް ވުރެ ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަން މި ހަރަކާތުގައި މިހާރު ބައިވެރިވެފައި ވާއިރު، އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓުގެ ނަމުގައި ފަށާފައިވާ ދެ ވަނަ މަޝްރޫއެއްގެ ދަށުން މި ހަރަކާތް ވަނީ އަތޮޅުތެރެއަށް ވެސް ފުޅާކޮށްފަ އެވެ. އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް ތިން ރަށެއްގައި މިހާރު ވެސް ހިންގަ އެވެ.

މޯޕާ އިން ދާދި ފަހުން ވަނީ ޕްލާސްޓިކް ކުނި ނައްތާލުމަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ތިން ވަނަ އިނީޝިއޭޓިވްއެއް އިއުލާނުކޮށްފަ އެވެ. 2021 ވަނަ އަހަރުގެޑިސެމްބަރު މަހު ތައާރަފްކުރި ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ މަގްސަދަކީރާއްޖޭގައި ހިންގާ 150އަށް ވުރެ ގިނަ ރިސޯޓުން ހުސްކުރާ ޕެޓް ފުޅިތައް އެއްކޮށް،ރީސައިކަލްކޮށް، އާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހުސް ފުޅިތައްކަނޑުތަކަށް ނޭޅޭނެކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ އިނީޝިއޭޓިވްތައް އިތުރަށްފުޅާކުރުމެވެ.

އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ދަށުން ބޭނުންކުރާ ޕެޓް ފުޅި އެއްކުރުމުގެ މަސައްކަތް ކ.ހިންމަފުށީގައި މިދިޔަ އޭޕްރީލް މަހު ވަނީ ފަށާފަ އެވެ. އަދި މި މަޝްރޫއު ކުރިން ވެސް ކުރިއަށް ގެންދާ ދެ ރަށް ކަމަށްވާ ކ. ތުލުސްދޫ އަދި ދ. ކުޑަހުވަދޫގައި ޕެޓް ފުޅި އެއްކުރެވޭ ވަރު ވަނީ ވަރަށް ބޮޑުތަން އިތުރުކޮށްފަ އެވެ. އެގޮތުން، ކ.ތުލުސްދޫގައި މިހާތަނަށް 3420 ކިލޯ އަދި ދ. ކުޑަހުވަދޫގައި މިހާތަނަށް 3000 ކިލޯގެ ޕެޓް ފުޅި އެއްކުރެވިފައިވެ އެވެ.

ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގައި މިހާރު ފަސް ރިސޯޓު އޮޕަރޭޓަރުން ހިމެނެ އެވެ. އެއީ އަދާރަން ރިސޯޓްސް މޯލްޑިވްސް، މޫވެންޕިކް ރިސޯޓް ކުރެދިވަރުމޯލްޑިވްސް، ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ، ސެންޓާރާ ރަސް ފުށިރިސޯޓް އެންޑް ސްޕާ އަދި ކުރުނބާ މޯލްޑިވްސް އެވެ. މި މަޝްރޫއު އިފްތިތާހު ކުރިތާއެންމެ ހަ މަސްދުވަހުގެ ތެރޭގައި މި ރިސޯޓުތަކުން 926 ކިލޯގެ ޕެޓް ވަނީ ނަގައިފައެވެ.

އަޅުގަނޑުމެން 2021 ވަނަ އަހަރު ނިންމާލީ 1000 ކިލޯއާ ގާތްކުރާ އަދަދަކަށް ޕެޓް ފުޅި އެއްކުރުމުގެ ބޮޑު ކާމިޔާބީއަކާ އެކު. 2022 ވަނަ އަހަރު މި ވަނީ ވަރަށް ރަނގަޅު ފެށުމަކުން ފެށިފައި. އަޅުގަނޑުމެންގެ އޮޕަރޭޝަން މުޅި ރާއްޖޭގައި ފުޅާކޮށް، އިތުރުކުރުމަށް އަމާޒު ހިފާފައި ވާއިރު، މިކަން ކާމިޔާބު މި ކުރެވެނީ އަޅުގަނޑުމެންގެ ބައިވެރިންގެ އިހްލާސްތެރިކަމާއި ކޮމިޓްމަންޓުގެ ސަބަބުން. އަޅުގަނޑުމެންގެ ހުރިހާޕާޓްނަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،މޯޕާގެ ފައުންޑާ އަދި ރައީސް ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އެއްކުރާ ޕެޓް ފުޅިތައް މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރީސައިކަލް ކުރެވޭ ޕްލާސްޓިކްގެ ބާވަތް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، ބްރޭންޑުތަކުގެ ބޫޓާއި ފަތަން ދާއިރު ލާ ހެދުން އަދި އެހެނިހެން ހެދުން ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެ އެވެ. ކަމާ ގުޅުންހުރި އެކި ފަރާތްތަކުން އެކައްޗެއް ކިޔައިގެން ހިންގޭ މި ހަރަކާތަކީ، ޕްލާސްޓިކްއާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައު އަދި ދުނިޔެއަށް ބަދަލުތަކެއް ގެނެސްދިނުމަށް ގިނަ ކުންފުނިތަކާއި ރީޓެއިލަރުން އެއް ތަންވެ، އެއް ވިސްނުމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭ މަޝްރޫއެކެވެ.

މޯޕާއާ އެކު އަޅުގަނޑުމެން ދަމަހައްޓަމުން އަންނަ ވަރުގަދަ ޕާޓްނަޝިޕްގެ ނަތީޖާ އާއިކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެން އޮޕަރޭޓްކުރާ އަދިހިދުމަތްކުރާ މުޖުތަމައުތަކަށް ކުރަމުން އަންނަ ހެޔޮ އަސަރުތައް އަޅުގަނޑުމެންނަށްވަރަށް އުފަލާ އެކު ފާހަގަކުރެވޭ. ކޮކާކޯލާގެ ބޮޓްލިން ޕާޓްނަރެއްގެ ހައިސިއްޔަތުންރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލައަށް ހަރުދަނާ އަދި އެކަށޭނަ ހައްލުތަކެއް ހޯދައި ރާއްޖޭގައި ސާކިއުލާ އިކޮނޮމީއެއް ގާއިމްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއްއަޅުގަނޑުމެން ކުރާނަން،މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭމަނިކު ވިދާޅުވި އެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އަކީ 2020 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. މި އެލަޔަންސްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ޕްލާސްޓިކް މަދުކުރުމާއި އަލުން ބޭނުންކުރުމާއި ރީސައިކަލްކުރުމާއި ރާއްޖޭގެ ނާޒުކު ދިރުންތަކަށް ހުރި ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުން އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މުޖުތަމައުގެ ތެރޭގައި އަލުން ބޭނުންކުރުމަށް މިހާރަށް ވުރެ ބޮޑަށް ވަކާލާތުކުރުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: