ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީސިން ޕާޓްނާސް މެދުވެރިކޮށް އެސްޓީއޯ ކްރެޑިޓް ސްކީމަށް މިހާރު މުދާ ނެގޭނެ!

ލީސިން ޕާޓްނަރސް މެދުވެރިކޮށް އެސްޓީއޯ ކްރެޑިޓް ސްކީމަށް މުދާ ނެގުމުގެ ހިދުމަތް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރެޑިޓް ސްކީމެއް މެދުވެރިކޮށް، އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ފިހާރައިގައި ގާއިމުކޮށްފައިވާ އަމިއްލަ ވިޔަފާރުތަކުން މުދާ ނެގޭނެ އުސޫލެއް އެކުލަވާލައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ، މި ފުރުސަތުގެ ދަށުން އަމިއްލަ ވިޔަފާރިތަކުން ފިހާރައިގައި ވިއްކަމުން ދާ މުދާތައް އިންސްޓޯލަމަންޓަށް ނެގޭނެ ކަމަށެވެ. ސައީދު ވިދާޅުވީ ފޯނާއި، ލެޕްޓޮޕް، އަދި ޓީވީ ފަދަ އިލެކްޓްރޯނިކް ސާމާނަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި ވަކި މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން ބައެއް ކަސްޓަމަރުންގެ ފަރާތުން ހުށަހެޅުންތައް ލިބިފައިވާކަމަށެވެ.

”އެސްޓީއޯ ކްރެޑިޓް ސްކީމް“ އަކީ ސަރުކާރުގެ ދާއިރާގައި ވަޒީފާ އަދާކުރާ މުއައްޒަފުންނަށް އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށް އެސްޓީއޯއިން ކްރެޑިޓަށް މުދާ ދޫކުރާ ސްކީމެއްކަން ފާހަގަ ކުރެވެ އެވެ. އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި މި ސްކީމުގައި ބައިވެރިވެވޭނީ، ވަޒީފާއެއްގައި މަދުވެގެން ހަ މަސް ވެފައިވާ ދާއީމީ މުވައްޒަފުންނަށެވެ.

އެހެންކަމުން ސްކީމުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނާއި، އެސްޓީއޯގެ ކްރެޑިޓް ސްކީމަށް އެއްބަސްވެފައިވާ އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުދާ ގަނެވޭނެ އެވެ.

ސްކީމަށް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުން ތަކަކީ:

  • މައުލޫމާތުތައް ފުރިހަމަކޮށްފައިވާ ކްރެޑިޓް ސްކީމް ފޯމް
  • ކަސްޓަމަރުގެ އައިޑީ ކާޑު ކޮޕީ
  • ދާއިމީ ވަޒީފާގައި ހަ މަސް ދުވަސް ވެފައިވާކަން އަންގައިދޭ ލިޔުން

އެސްޓީއޯއިން ބުނީ ސްކީމަށް އެދި ފޯމު ހުށަހަޅާތާ، ތިން ދުވަސް ތެރޭގައި ޕްރެސެސް ކުރެވި އެޕްރޫވަލް ލިބޭނެ ކަމަށެވެ.

ކްރެޑިޓް ސްކީމަށް މުދާ ދޫކުރުމުގައި ލިމިޓް ކަނޑައަޅާނީ އެމުވައްޒަފަކަށް ލިބޭ މުސާރައިގެ 1/3 ގެ 12 ގުނައަށެވެ. މި ސްކީމްގެ ދަށުން މުދާ ދޫކުރެވޭނެ އެންމެ މަތީ ލިމިޓަކީ 50,000 ރުފިޔާ އާއި ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: