ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން ޅ ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ފަށައިފި

ޅ ކުރެންދޫ ގޮނޑުދޮށުގައި އެމްޓީސީސީއިން މަސައްކަތްކުރަނީ: ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއިން ފަށާފައިވާ މަޝްރޫޢގެ ދަށުން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް މަސައްކަތް ކުރާ ސަރަހައްދައް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީއިން އާންމުކޮށްފައިވާގޮތުން، އެ ކުންފުނިން ޅ ކުރެންދޫގައި ހިންގަންފަށާފައިވާ މަޝްރޫޢއާއި ހަވާލުވެފައިވަނީ 2021 ވަނަ އަހަރު ނޮވެމްބަރު މަހު 8 ވަނަ ދުވަހުއެވެ.  މި ޕްރޮޖެކްޓަކީ 44.9 މިލިއަން ރުފިޔާ ހޭދަ ވާނެ މަސައްކަތެއް ކަމަށްވެސް އެ ކުންފުނިން އާންމުކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން 9100 ކިއުބިކް މީޓަރުގެ ވެލި މަސައްކަތްކުރާ ސަރަހައްދުގެ ގޮނޑުދޮށަށް އެޅުމަށް ނިންމާފައިވާއިރު، 361 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: