ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަންތައް ހައްދަވައިގެން ރައީސް ސާލިހު ވީ ފެއިލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުތަކަށް އިންސާފު ގާއިމްކޮށްދެއްވުމަށާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނުން ނަތީޖާއެއް ނުނެރެވި އެކަމުގައި ފެއިލްވެ ވަޑައިގެންފި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އެއްބަސްވެ ވަޑައިގެންފިއެވެ.

އެކަން ހާމަ ކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށާއި އެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވި އިރުގައި މިސަރުކާރުން ވެރިކަމަށް އައުމަށް ކެމްޕޭން ދުވަސްވަރު އެންމެ ގަދައަށް ދެކެވުނު ވާހަކަ އަކީ ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދޭނެ ކަމުގެ ވާހަކަ އާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ވާހަކައެވެ. އެވާހަކަ ތަކަށް ހެއްލި ރައްޔިތުން ވޯޓް ދީގެން ގެނައި މިވެރިކަމުގައި އެކަންތައްތައް މިވަނީ ބޭކާރުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ވައްކަމުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މިސަރުކާރުން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އެކަމަށް އުފެއްދި ކޮމިޝަން އުވާލިއެވެ.

އެމައްސަލައިގައި ޝާމިލުވާ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވިފައިވެއެވެ. އަދި އެމައްސަލަ އަލުން ބެލުމަށް މަސައްކަތް ކުރި ކޮންމެ ފަހަރަކު މައްސަލައިގެ މެދު ތެރެއިން ހިނދިގެން ދަނީއެވެ.

އެންމެ ފަހުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ރަށްތައް ދޫކޮށްފައިހުރީ ގާނޫނާއި އެއްގޮތަށް ތޯ ބަލާފައިވާ ކަމަށާއި އެކަމުގައި ފައިދާ ލިބިފައިވަނީ ކޮން ބައެއްތޯ ބަލާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ކުރެވުނު މަސައްކަތަކީ ނުވަތަ އެކޮމިޝަން އުފެއްދީ މިހާރު ހުރި ކޮމިޝަންތަކާއި މެދު ރައްޔިތުންނާއި ސަރުކާރުގެ އިތުބާރު ނެތުމުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ ސަރުކާރާއި މިސަރުކާރުގެ މުހިއްމު ސިޔާސީ މީހުން ހިމެނޭ ހެން ހިންގާފައިވާ ބޮޑު ޖަރީމާ އެއްކަމަށް ވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ އެންމެ ފުނަށް މިހާތަނަށް ސަރުކާރަށް ދެވިފައި ނުވާ ކަމަކީ ސަރުކާރުގެ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ގެ ސިޔާސަތު ވަނީ ބޮއްސުން ލާފައިވާ ކަން ސާފުވެގެންދާ އަލިގަދަ ހެއްކެކެވެ.

އެ ހުރިހާ މައްސަލަ އެއްވެސް ލަސްވެގެން ދިއުން ރައީސް މަތިކުރެއްވީ ކޮވިޑްގެ އާލަމީ ވަބާ އާއެެވެ. އަދި އެކަމަކީ ގަބޫލުކުރަން ދަތި ކަމެއްކަންވެސް ހުދު އެމަނިކުފާނު ގަބޫލުކުރިއެވެ. ސަބަބަކަށް ވަނީ އެހުރިހާ ކަމަކާ އެކުވެސް އެކަން ވާންޖެހޭނެ ކަމަށް އާންމު ރައްޔިތުން ގަބޫލު ކުރާތީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އެދެކޮމިޝަނުގައި ދިމާވީ އެއް މައްސަލައެއް ކަމަށާއި އެއީ ހާމަވާން ނުޖެހޭ މައުލޫމާތުތައް ހާމަވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކޮމިޝަނަށް މައުލޫމާތު ދޭން ބޭނުންވި މީހުން އެކަމަށް އިންކާރު ކުރިކަމުގައި ރައީސްގެ ވާހަކައިގައި ހާމަކުރިއެވެ.

މީގެ އިތުރުން ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި މަރު ކޮމިޝަންގެ މަސައްކަތް ވެސް ވީ ނުވީއެއް ނޭނގި ނިމިފައިވާއިރު އެކޮމިޝަންގައި ތިއްބެވި މެމްބަރުން ވަނީ އަދުލު އިންސާފުގެ ގާއިމުކުރުމަށް ކަނޑައަޅާފައިވާ އެންމެ މަތީ ކޯޓްތަކުގެ މަތީ މަގާމުތަކުގައެވެ.

އެހެން ކަމަށް ވުމުން އެމަރުތަކަށް އިންސާފު ހޯދުމަކީ ނާދިރު ކަމަކަށް މިވަނީ ވެފައެވެ. އަދުލު އިންސާފު ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތަށް މިވަނީ ހީނަރުކަން ގެނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: