ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނބޫދޫ “ގަބުރު” މިސްކިތް ކުއްޔަށް ނުދިނުމަށް ކައުންސިލުން ނިންމައިފި

ދާރުލްއުލޫމް މިސްކިތުގައި ގުރުއާން ކިލާސްތައް ހިންގުމުގެ ތެރެއިން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފ ދަރަނބޫދޫގައި ކުރީގައި މިސްކިތެއްގެ ގޮތަށް ބޭނުންކުރި އިމާރާތެއްގައި ބިދޭސީން ދިރިއުޅެމުންދާ ވީޑިއޯއެއް އާންމުވެ އެކަމަށް ދިވެހި ރައްޔިތުންނާއި އެކި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވުމުން، އެ އިމާރާތް ކުއްޔަށް ދޫނުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މީހުން ވަޅުލާފައި ހުރުމުގެ ސަބަބުން، ނަމާދު ކުރުމަށް އެކަށީގެން ނުވާކަމަށް ނިންމައި، ބަނދުކުރެވިފައިވާ، ކުރީގެ މިސްކިތުގައި ބިދޭސީން ކައިބޮއި، ނިދާ ހަދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން ދަރަނބޫދޫ ކައުންސިލުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ “ދާރުލްއުލޫމް” ގެ ނަމުން ނަންދެވިފައިވާ އެ  މިސްކިތަކީ އެތަނުގައި ގަބުރު ހުންނާނެ ކަމަށް ބެލެވިފައިވުމުން، 2017 ވަނަ އަހަރުން ފެށިގެން ނަމާދުކުރުން ހުއްޓާލައި، މިސްކިތްތަކުގެ ދަފްތަރުން އުނިކޮށްފައިވާ ތަނެއްކަމަށެވެ. އަދި އެ އިމާރާތް އިސްލާމިކް މިނިސްޓްރީން ވަނީ ކައުންސިލާއި ހަވާލުކޮށްފައިކަމަށާއި، 2020 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އެތަން ކުއްޔަށް ދޫކުރަމުންދާކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

2020 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ދަރަނބޫދޫގެ “ގަބުރު” ހުރި މިސްކިތް، ކުއްޔަށް ދޭކަމަށް ފާހަގަކޮށް ކައުންސިލުން އިތުރަށް ބުނީ، މިވަގުތު އެ އިމާރާތްވަނީ، ފެނާއި ނަރުދަމާގެ މަސައްކަތްތަކެއް ކުރަމުންދާ އިންޑިއާގެ އެސްއެމްސީ އިންފްރާސްޓްރަކްޗާ ކުންފުންޔަށް ކުއްޔަށް ދެވިފައިކަމަށެވެ. އަދި މީގެ ކުރިން ދެ އަހަރު ވަންދެން ބަނދަރު ހެދުމުގެ މަސައްކަތް ކުރަން އައި، އެމްޓީސީސީގެ މުއައްޒިފުންތަކެއް ތިބުމަށް ކުއްޔަށް ދެވިފައިވާކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.

“މި އިމާރާތް އެއްވެސް ބަޔަކަށް ދޫކުރުމަށް އެދި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މި ކައުންސިލްގައި އެދިފައިނުވާ ކަމުގައި ވެސް ދަންނަވަމެވެ،” ދަރަނބޫދޫ ކައުންސިލް.
“ކައުންސިލުން މިހާރު ނިންމާފައިވަނީ މި އިމާރާތުގައި މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނެސް ކުރިއަށް އޮތްތާގައި މިފަދަ ބޭނުންތަކަށް ދޫނުކުރުމަށެވެ” ދަރަނބޫދޫ ކައުންސިލް.

މީގެ އިތުރުން އެ ކައުންސިލުން ބުނެފައިވާގޮތުން، ސޯޝަލް މީޑއާގައި ދައުރުވެފައިވާ ވީޑިއޯއަކީ، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ދައުރުކުރުވާފައިވާ އެއްޗެއްކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން އެ ކައުންސިލުން ކުށްވެރިކުރާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: