ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ާއިދިކޮޅުން ހުށައަޅަމުންދާ މައްސަލަތަކުގެ ސީރިއަސްކަން ސާބިތުވާން ފަށައިފި: އާދަމް ޝަރީފް އުމަރު

ޕީއެންސީގެ ޕީގީ ލީޑަރު އާދަމް ޝަރީފް އުމަރު ނޫސްވެރިންނާއި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަމުންދާ ކަންކަމަކީ، ސީރިއަސް މައްސަލަތަކެއްކަން، ސާބިތުވަމުންދާކަމަށް އިދިކޮޅުގެ ޕީޖީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެވެ.

އަންދާޒާކުރެވިފައި ނުވާވަރައް ދައުލަތުގެ ހަރަދުތައް ބޮޑުވެގެން އެބެ އަންނަކަމަށާއި، އެހެންކަމުން، ހަރަދުކުޑަ ކުރުމަށް ދައުލަތަށް ނިސްބަތްވާ އޮފީސްތަކާއި، އިދާރާތަކުން ފިޔަވަޅުތަކެއް އަޅާ، އަމަލު ކުރަން އަންގައި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ފޮނުއްވާފައިވާ ސާކިއުލާއާށް އިޝާރާތްކުރައްވާ އާދަމް ޝަރީފްވަނީ، ދިވެހި ރައްޖެ އެއްކޮށް “ބަނގުރޫޓުވުމުގެ ކުރިން” ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލައިފައިއެވެ. އަދި އިދިކޮޅުން ހުށައަޅާ މައްސަލަަތައް، ސަރުކާރުން ބޭނުނުްވާ ގޮތަށް ރަބަރ ސްޓޭމްޕު ޖަހައި، މަޖިލީހުން ބަލައި ނުގަތުމަށް ނިންމި ނަމަވެސް، ހުށައެޅުންތަކުގެ ސީރިއަށްކަން ސާބިތުވަމުން ދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅުން ހުށައަޅާ ހުށައެޅުންތަކުގެ މުހިންމުކަން ސާބިތުވަމުންދާކަމަށް އާދަމް ޝަރީފް ފާހަގަކުރައްވާފައިވާއިރު، 2020 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަރަދު ކުޑަކުރުމަށް އަމަލު ކުރަންވީ ގޮތްތައް ބަޔާންކޮށްފައިވާ ސާކިއުލާއެއް ފިނޭންސް މިނިސްޓްރީއިން ވަނީ، ދައުލަތުގެ އެންމެހަައި އޮފީސްތަކަށާއި، އިދާރާތަކަށް ފޮނުވާފައިއެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއި ކުރައްވާފައިވާ ސާކިއުލާގައި ބުނެފައިވާގޮތުން، ދައުލަތުގެ އޮފީހަކުން ކޮންމެހެން ކުރަން ޖެހިއްޖެ ހަރަދެއް ނަމަވެސް، 5،000 ރުފިޔާއަށް ވުރެ އިތުރުގެންދާނަމަ، ކުރުމުގެ ކުރިން، މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ. އަދި ދައުލަތުގެ ފަރާތުން އައު ސްކޮލާޝިޕް ފަދަ ކަންކަން ނުފެށުމާއި، ބޭރުގައުމުތަކަށްވެސް ދައުލަތުން ހަރަދުކޮށް ކުރާ ދަތުރުތައް ހުއްޓާލުންވެސް ހިމެނެއެވެ. ފިނޭންސް މިނިސްޓަރ ސާކިއުލާގައި ވިދާޅުވީ، ކުރިން އަންދާޒާ ކުރެވިފައިނުވާ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުވަމުން އަންނަކަމަށެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ދާދި ފަހުން، ނޫސްވެރިންނާއި ބައްދަލު ކުރައްވާފައިއެވެ. ދިވެހި ރާއްޖޭގެ މާލީ ހާލަތާއި މެދު ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ދައުލަތުން އަންދާޒާ ކުރާވަރަށް އާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލާނެކަމަށާއި، އެގޮތުގެ މަތިން ދެކޮޅުޖައްސަަވައި ގައުމު ކުރިއަށްގެންދަވާނެކަމަށެވެ. އަދި  އިތުރު ލޯނެއް ނަންގަވައިގެން އައު މަޝްރޫއެއް ނުފައްޓަވާނެކަމަށާއި، ހަމަޖެހިފައިވާ ލޯނުތަކުން، އެ ފައިސާ ކަނޑައެޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައިއެވެ. ނަމަވެސް ދާދި ފަހުން ގުޅީ ފަޅު ހިއްކުމުގެ ދެވަނަ ފިޔަވެހި ކުރިއަށް ގެންދިއުމަށް، ދިވެހި ސަރުކާރުންވަނީ ބޭރުގެ ބޭންކުތަކަކާއި އެކު، ލޯނުއެއްބަސްވުމެއްގައި ސޮއިކޮށް 1.6 ބިލިއަން ދިވެހި ރުފިޔާގެ ލޯނެއް ނަގާފައި ކަމަށް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: