ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް އިން ހަރުކަށި ފިޔަވަޅުތަކެއް!

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ސާކިއުލާގައިވާ ގޮތުން ސަރުކާރުގެ އިދާރާއަކަށް އާ މުވައްޒަފެއް ނަގާ ނަމަ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި އަދި މުވައްޒަފުންގެ މުސާރައަށް ބަދަލު ނުގެނައުމަށާއި މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އިތުރު އާ އެލަވަންސެއް ނުދޭން މިނިސްޓްރީން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފައެވެ.

ރަސްމީ ގަޑީގެ އިތުރުން އިތުރު ގަޑީގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު މަސައްކަތެއް ނުކުރުމަށް ވެސް ސާކިއުލާގައި ވަނީ އަންގާފައެވެ.

ހަރަދުތައް ކުޑަކުރަން އެޅި ފިވަވަޅުތަކުގެ ތެރޭގައި އާ މަގާމަކަށް މުވައްޒަފުން ނަގާ ނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމާއި، ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާ ނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމާއި އާ އިތުރު ސްކޮލާޝިޕެއް ނުދިނުން ހިމެނެއެވެ. އަދި މީގެއިތުރުން މިހާތަނަށް ހުއްދަދީފައިވާ ކަންކަން ފިޔަވައި އިތުރު ތަނެއްގެ މަރާމާތަށް ރިކަރަންޓް ބަޖެޓުން ހަރަދު ނުކުރުމާއި، މުވައްޒަފުންނަށް އިތުރު އާ އެލަވަންސެއް ނުދިނުމުގެ އިތުރުން ޕްރޮމޯޝަން ދެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް ސާކިއުލާރގައި ވަނީ ބުނެފައެވެ.

މީގެއިތުރުން 35،000ރ. އަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ދަތުރެއް ކުރާ ނަމަ ވެސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށާއި އަދި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ގަތުމަށާއި މަރާމަތު ކުރުމާއި ތަމްރީނު ޕްރޮގްރާމުތަކަށް ކުރާ ހަރަދު 35،000ރ. އަށް ވުރެ މަތިވާ ނަމަ ވެސް އެ ހުއްދައާއެކު މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ މިނިސްޓްރީން ވަނީ އިދާރާތަކަށް އަންގާފައެވެ.

މިއަހަރު ބަޖެޓު ތައްޔާރު ކުރެވުނުއިރު ސަބްސިޑީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެންމެ ބޭނުން ޖެހިފައި ތިބި މީހުންނަށް ސަބްސިޑީ ދޭން ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: