ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަ ކުރުމަށް އަންގައި ސާކިއުލާއެއް އާންމުކުރުމަށްފަހު، ސަރުކާރުގެ ހަރަދުތައް އިތުރު!

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފިނޭންސް މިނިސްޜް އަހުމަދު އަމީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ މުއައްސަސާތަކަށް ހަރަދު ކުޑަ ކުރުމަށް އަންގާފައިވަނިކޮށް، 2021 އަހަރަށް ވުރެ 2022 ވަނަ އަހަރުގެ ހަރަދުތައް އިތުރުވެފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާއި ބެހޭގޮތުން ފިނޭންސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓު ރިޕޯޓުން ދައްކާގޮތުން، 2021 ވަނަ އަހަރުގެ ޖުމުލަ ހަރަދަކީ 23.130 ބިލިއަން (ތޭވީސް ޕޮއިންޓް އެކެއް ތިނެއް ސުމެއް) ރުފިޔާ ކަމަށްވާއިރު 2022 ވަނަ އަހަރުގެ ޖުމުލަ ހަރަދު ކަމަށް ފިނޭނެސް އިން ޝާއިއުކޮށްފައިވަނީ 27.711 ބިލިއަން ( ހަތާވީސް ޕޮއިންޓު ހަތެއް އެކެއް އެކެއް) ރުފިޔާއެވެ.

2021 ވަނަ އަހަރު ސަރުކާރުގެ މުއައްޒިފުންގެ މުސާރައިގެ ގޮތުގައި ހަރަދުކޮށްފައިވަނީ 7.603 ބިލިއަން ( ހަތެއް ޕޮއިންޓު ހައެއް ސުމެއް ތިނެއް) ކަމަށްވާއިރު، 2022 ވަނަ އަހަރުގެ މި އަދަދުވެސް ވަނީ 8.195 ބިލިއަނަށް (އަށެއް ޕޮއިންޓު އެކެއް ނުވައެއް ފަހެއް) އިތުރުވެފައެވެ.

ސަރުކާރުގެ އިދާރީ އަދި ހިންގުންތެރިކަމަށް ހަރަދުކޮށްފައިވާ ފައިސާވެސް ވަނީ ތިން ބިލިއަނާއި ގާތް ކުރާ އަދަދަކަށް އިތުރުވެފައެވެ. 2022 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ އިދާރީ އަދި ހިންގުންތެރިކަމަށް 12.295 ބިލިއަން ( ބާރަ ޕޮއިންޓު ދެއެއް ނުވައެއް ފަހެއް) ރުފިޔާ ހޭދަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވާގޮތުން ރަސްމީ ދަތުރުތައް އަދި ޓްރެއިނިންގްތަކާއި އެހެނިހެން ކަންކަމަށްވެސް 5000 ރުފިޔާއަށްވުރެ އިތުރުވާނަމަ ނުކުރުމަށް އިލްތިމާޒް ކުރާ ކަމަށާއި، ހަރަދެއް ކުރަންވާނީ އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން މި އުސޫލުތައް އާންމުކޮށްފައިވާއިރު، ސަރުކާރުގެ ވޭތުވެ ދިޔަ އަހަރުގެ ދަތުރު ހަރަދުތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި 101.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މި އަހަރު 159.4 މިލިއަން ހަރަދުކޮށްފައިވެއެވެ. އަދި ޓްރެއިނިން ހަރަދުގެ ގޮތުގައިވެސް 272.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: