ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ރިޔާސީ ދައުރުގެ ފުރަތަމަ ތިން ހަފްތާގެ ދަތުރަށް 15.7 މިލިއަން

ފިނޭންސް މިނިސްޓަރު ޝަފީގް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ރިޔާސީ ދައުރު ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދަތުރުފަތުރު ކުރުމަށް 15.7 މިލިއަން ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމު ކުރާ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުތަކުގައިވާގޮތުން ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދަތުރުކުރުމަށް ހަރަދުކޮށްފައިވަނީ 215 މިލިއަން ރުފިޔާއެވެ. އަދި އައު ރިޔާސީ ދައުރު ފެށިގެން ފުރަތަމަ ހަފްތާގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި މި އަދަދު 219.5 މިލިއަނަށް އިތުރުވެފައިވާއިރު، ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޝާއިއުކޮށްފައިވާ ރިޕޯޓުގައިވާގޮތުން ސަރުކާރުންވަނީ އެ ދުވަހުގެ ނިޔަލަށް 225.2 މިލިއަން ހަރަދުކޮށްފައެވެ. އަދި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ނެރިފައިވާ ރިޕޯޓުގައި މި އަދަދު ވަނީ 231.2 މިލިއަންނަށް އިތުރުވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަތުރު ފަތުރުކުރުމަށް ފުރަތަމަ ހަފްތާގެ ތެރޭގައި ހޭދަކުރީ 4 މިލިއަންއެވެ. އަދި ދެވަނަ ހަފްތާގެ ތެރޭގައި އިތުރު 5.7 މިލިއަން ހަރަދުކުރިއިރު، ތިން ވަނަ ހަފްތާގައި އިތުރު 6 މިލިއަން ގެ ހަރަދެއް ކޮށްފައިވާކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުމުލަގޮތުގައި ބަޖެޓުން ހަރަދުކުރެވިފައިވަނީ 42.3 ބިލިއަން ރުފިޔާއެވެ. މި އަދަދުގެ ތެރެއިން ރިކަރެންޓު ހަރަދުގެ ގޮތުގައި 28.8 ބިލިއަނަށް ވުރެ އިތުރު އަދަދެއް ކަނޑައެޅިގޮސްފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 13.4 ބިލިއަންކަންވެސް ފާހަގަކުރެވެއެވެ.

ޑިސެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ފައިސާ އާއި އެހެނިހެން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 30.85 ބިލިއަންކަމަށްވާއިރު، މި އަދަދުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 22.36 ބިލިއަންއެވެ. އަދި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން 7.66 ބިލިއަން ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.

އިދާރީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ގޮތުން ޑިސެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް 722.4 މިލިއަން ބަޖެޓުން ބޭނުންކޮށްފައިވާއިރު، އިދާރީ ހިދުމަތްތަކަށް 2.21 ބިލިއަން އަދި އޮޕަރޭޝަނަލް ކަންކަމުގެ ތެރެއިން ބޭނުންކުރެވިގެންދާ ތަކެތީގެ ގޮތުގައި 1.1 ބިލިއަން ހަރަދުކޮށްފައިވާކަންވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަމުންދާ ދާއިރާތަކަށް ކޮށްފައިވާ ހަރަދުތައްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން އެންމެ ބޮޑު ހަރަދެއް ކުރެވިފައިވަނީ ފެނާއި ނަރުދަމާ ގާއިމުކުރުމަށާއި ޓްރާންސްޕޯޓު ދާއިރާ ހަރުދަނާކުރުމުގެ އިތުރުން ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކަށެވެ.

އެގޮތުން ޓްރާންސްޕޯޓު ދާއިރާއަށް 3.13 ބިލިއަން ހަރަދުކޮށްފައިވާއިރު، ނަރުދަމާ ގާއިމުކުުރުމަށްޓަކައި 1.31 ބިލިއަން ރުފިޔާ އަދި ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކަށް 836.6 މިލިއަން ހަރަދުކޮށްފައިވާކަމަށްވެސް ރިޕޯޓުގައިވެއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: