ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޭންސް މިނިސްޓްރީގެ ކުރީގެ ޕްރޮކިއުމަންޓް ވެރިޔާ މުޖުތަބާގެ ނަމުގައި މިނިސްޓްރީގެ ފްލޯއެއް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެ މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާ މަރުހޫމް މުޖުތަބާގެ ހަނދާނަށް ހާއްސަކޮށް /ބެހެއްޓި ނަން ބޯޑާ އެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި އަހުމަދު މުޖުތަބާގެ ނަމުގައި މިނިސްޓްރީގެ ފްލޯއެއް ހާއްސަ ކޮށްފިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ގާއިމް ކުރި ޕްލޯގައިވަނީ މުޖުތަބާ ޕްލޯގެ ނަމުން ނަންބޯޑެއްވެސް ހަރުކޮށްފައެވެ.

މުޖުތަބާ އަކީ ދައުލަތަށް 14 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. މުޖުތަބާ ހިދުމަތާއި ގުޅިވަޑައިގަތި 2008 ވަނަ އަހަރުގައެވެ. މުޖުތަބާ ނިޔާވި އިރު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަދި ހެޑް އޮފް ޕްރޮކިއުމަންޓް ޕޮލިސީ ޑިޕާޓްމަންޓުގެ މަގާމުގައެވެ.

ފިނޭންސް މިނިސްޓްރީގެ ކުރިގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް މަރުހޫމް އަހުމަދު މުޖުތަބާ

މުޖުތަބާ ނިޔާވީ މިދިޔަ އަހަރު ޖުލައި މަސްތެރޭގައެވެ. އޭރު އޭނާގެ ހުންނެވީ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީއަށް ގޮހެވެ. އޭނާ ޗުއްޓީގައި ހުންނަވަނިކޮށް ކުއްލިއަކަށް ބަޑުގައި ރިއްސާ ހާލު ދެރަވުމާއި ގުޅިގެން ފަރުވާ ދިނުމަށް ގދ. ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީއެވެ.

މިއަދު ފިނޭސުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރްޙޫމް އެކުވެރިޔާ މުޖުތަބާ ދޫކޮށްލެއްވި ނަމޫނާ ތަރިކަގެ ހަނދާނުގައި، މިނިސްޓްރީގެ 1 ވަނަ ފަންގިފިލާ، އެމަނިކުފާނުގެ ޝަރަފުގައި ޚާއްޞަކުރެވިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: