ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާޑޭގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ފުލުހުން ފެއިލްވުމުގެ ސަބަބުން ކަމަށް އެއްބަސްވެއްޖެ

ޔޯގާޑޭ އާއި ގުޅިގެން ފުލުހުން ބޭއްވި ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް ބަޔަކު ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގުމަށް ފުރުސަތު ލިބުނީ އެކަމުގައި ފުލުހުންގެ ސެކިއުރިޓީ ފެއިލިއަރ އެއް އޮވެގެން ކަމަށާއި އެކަމަށް އެއްބަސްވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝުޖާއު ވިދާޅުވީ މީގެ ކުރިން ފުލުުހުން ވާނީ އެއަށް ވުރެ މާ ރަނގަޅަށް، މާ ޕްރޮޕެޝަނަލްކޮށް ކްރައުޑްތައް ކޮންޓްރޯލްކޮށްފައި ކަމަށާއި އެ ދުވަހު ކަންތައް ދިމާވީ އެކަން ވާންޖެހޭ ގޮތަށް ނޫން ކަމަށެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ސުޖާއު ވިދާޅުވި ގޮތުގައި ހަމަނުޖެހުންތައް ހިންގަން ފުރުސަތު ލިބުނީ އެތަނަށް ފޮނުވި ފުލުހުންގެ ފޯސް ކުޑަވެގެން ނޫން ކަމާއި ނަމަވެސް, އެތަނުގައި ހަރަކާތްތެރިވި ފުލުހުންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކްރައުޑްގެ ބިހޭވިއާ ދެނެގަތުން ލަސްވިކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

މިފަދަ ހަރަކާތެއް އޮންނަނަމަ, ފުލުހުން ވަރަށް ގިނަ މައުލޫމާތު ހޯދާ ކަމަށާއި ނަމަވެސް, ޔޯގާއާ ދެކޮޅަށް ހިންގި ހަރަކާތާ ގުޅޭ ބައެއް މުހިންމު މައުލޫމާތު އެ ލިބެން ޖެހޭ ވަގުތު ހޯދިފައި ނެތްކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދަނޑަށް ވަދެގަނެ ސެކިއުރިޓީތައް ބްރީޗްވީ ނަމަވެސް, އެތަނުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއްވިޔަ ނުދީ ފުލުހުންނަށް އެކަން ހުއްޓުވުނު ކަމަށެވެ.

އެހެންނަމަވެސް, ފުލުހުންގެ ގޯސްތަކެއް ސަބަބުން ސެކިއުރިޓީ ބްރީޗްވާ ހިސާބަށް ދިޔުމުން, އޭގެ ފަހުން ދެން ފުލުހުން އަމަލުކުރި ގޮތް މުހިންމު ނޫން ކަމަށެވެ. ފުލުހުންނަށް ހެދިފައިވާ ގޯސްތަކުގެ ޒިންމާ ނަގާނެކަން އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. އެގޮތުން, އެތަނުގައި ހިނގި ހަމަނުޖެހުންތަކުގެ ޒިންމާ, އެ ހަމަނުޖެހުން ހިންގި ފަރާތްތަކެކޭ އެއް ފަދައިން ގޯސްތައް ހެދުނު ފުލުހުން ވެސް އެކަމުގައި ޒިންމާ އުފުލަން ޖެހޭނެކަން ސުޖާއު ވިދާޅުވިއެވެ.

އަދި ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަމުން އަންނަ ކަމަށާއި އެކަމުގެ ރިޕޯޓް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭ އިންކުއަރީތަކެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންނާއި ޕޮލިސް ބޯޑުން ވެސް ހަދަމުން އަންނަ ކަމަށެވެ.

ގަލޮޅު ދަނޑުގައި ޔޯގާޑޭ ފާހަގަކުރަނިކޮށް ބަޔަކު ވަދެ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ ބިރު ދައްކައި އިންޒާރުދިން މައްސަލާގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހަރަކާތް ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް އާއި އިބްރާހިމް ރައްޒާނާއި ޝެއިހު އާދަމް ނިޝާން އަދި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނެއެވެ.

ޝެއިހް މުހައްމަދު ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ. ދަނޑުގައި ޔޯގާ ހަމަނުޖެހުން ހިންގީ، އެ ހަރަކާތް ހުއްޓުވަން ސޯޝަލް މީޑިއާގައި އަޑު އުފުލުމަށް ފަހު ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: