ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތުގެ މިންބަރު ކޮޅަށް އަރައި އަޑުގަދަ ކުރި މީހަކު ހައްޔަށް!

ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅި މީހަކު ހައްޔަރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރިޔަށް ދިޔަ ވަގުތު މިންބަރަށް އަރާ އަޑުގަދަ ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިސްކިތުގައި އަޑުގަދަ ކުރި މީހާ ވަނީ، މިންބަރަށް އަރައި ވާހަކަ ދައްކައިފަ އެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އޭނާ ހުރީ ޓެރަރިސްޓު ޖަމާއަތެއްކަމަށް ވާ އިސްލާމިކް ސްޓޭޓް ޖެހި ޖުއްބައެއްގަ އެވެ. މިންބަރު ކޮޅަށް އަރައި ވާހަކަ ދެއްކި ނަމަވެސް އެނާ މީހަކަށް ގެއްލުމެއް ދޭން މަސައްކަތް ކުރިކަން އެނގިފައި ނުވެ އެވެ.

އެ މީހާ އަމިއްލަ ހުތުބާއެއް ދޭން މަސައްކަތްކޮށް އަޑުގަދަ ކުރުމުން، އެނާ އެތަނުން ފޮނުވާލަން މަސައްކަތް ކުރުމުން ވެސް ނުދާން ދެކޮޅު ހަދަ އެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން، މިންބަރުން އޭނާ ބޭލުވުމަށް މިސްކިތުގައި ތިބި ބައެއް މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ހައްޔަރު ކުރީ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ސަލްމާން މިސްކިތަށް އަރައި އަޑުގަދަ ކުރަމުންދިޔަކަމުގެ ރިޕޯޓަކާ ގުޅިގެން 43 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: