ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުދައްޔުގެ ގައިގައި ހުރި ލެއާއި، ހެދުމުގައި ދައުވާ އުފުލާފައިވާ މީހެއްގެ ޑީއެންއޭ ނެތް!

އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު އެ ރޭ ލައިގެން ހުރި ޓީޝާޓުގައި މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ޑީއެންއޭ ފެނިފައި ނުވާކަމަށް ރިޕޯޓް ތައްޔާރު ކުރި އޮފިސަރު މިއަދު ބުނެފި އެވެ.

ހެކިވެރިޔާ ބުނީ އުދައްޔުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ އެއްވެސް މީހެއްގެ ގައިން އޭނާގެ ޑީއެންއޭ ފެނިފައިނުވާ ކަމަށެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ، ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ. އަދި އުމުރުން 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރެވި ވަނީ ދައުވާ އުފުލާފަ އެވެ.

މައްސަލައިގެ ހެކި ބަސް ނަގަން ފަށާފައިވާއިރު، ޑީއެންއޭ ތަހުލީލު ކުރި އޮފިސަރުގެ ހެކި ބަހުގައި ބުނީ އުދައްޔުގެ އަންނައުނުން ނެގި ޑީއެންއޭއާއި ދައުވާ ލިބޭ މީހުންގެ ޑީއެންއޭއާއި ދިމާ ނުވާ ކަމަށެވެ. ނަމަވެސް މައްސަލައިގައި ހައްޔަރު ކުރި 18 އަހަރުން ދަށުގެ ކުއްޖާގެ ޑީއެންއޭ އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރުގެ ޓީޝާޓުން ފެނިފައިވާކަމަށް އޮފިސަރު ވިދާޅުވި އެވެ.

ތަހުލީލު ކުރީ މާމެންދޫގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްކަން ފާހަގަކުރައްވައި ވީޑިއޯ ތަހުލީލު ކުރި އޮފިސަރު ވިދާޅުވީ އެ ވީޑިއޯ ނަގާފައިވަނީ ވަރަށް ދުރުންކަމަށް ވާތީ އެއީ ކޮން ބައެއްކަން ސާފު ނުވާކަމަށެވެ. އޭނާ ވިދާޅުވީ އެ ސަބަބާއި ހުރެ ވީޑިއޯއިން ފެންނަ މީހުންގެ ސިފަތަކާއި، އަޅާކިޔާފައި ނުވާނެކަމަށެވެ.

އުދައްޔުގެ މަރުގެ މައްސަލައިގެ ފޮރިންސިކް ރިޕޯޓުތައް ތައްޔާރު ކުރި ދެ ފުލުސް އޮފިސަރުންގެ ހެކި ބަސް ވެސް މިއަދު ނަގާފައިވެ އެވެ. އެގޮތުން އުދައްޔުގެ ހަށިގަނޑު ބަލައި ފާސް ކުރި އޮފިސަރު ވިދާޅުވީ އޭނާގެ ބުރަކަށީގައި ތިން އިންޗީގެ ބޮޑު ޒަހަމެއް ހުރިިކަމަށެވެ. އަދި އުދައްޔުގެ ކަރުގައި ވަކި އެޅިފައި ހުރިކަމަށާއި، އޭނާގެ މޫނާ ދެ އަތާއި ފައިތިލައިގައި ޒަހަމްތަކެއް ހުރިކަމަށް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

ޖުމްލަ ހަ މީހެއްގެ ހެކި ބަސް ނެގުމަށް މިއަދަށް ތާވަލު ކުރި ނަމަވެސް ދެ މީހަކު ކޯޓަށް ހާޒިރު ވެފައި ނުވާތީ އެބައި މާދަމާ ކުރިޔަށް ގެންދިއުމަށް ކޯޓުން ވަނީ އިތުރު އަޑުއެހުމެއް ތާވަލު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: