ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޑޭޓާ އެނަލިސްޓެއް އައްޔަނުކޮށްފި

ނާލޯ-2021 : ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިންގ އައުޓްކަމްސް (ނާލޯ-2021) ގެ ޑޭޓާ އެނަލިސިސް އާއި ރިޕޯޓް ލިޔުމުގެ މަސައްކަތްކުރުމަށް ކޮންސަލްޓަންޓެއްގެ މަގާމަށް ޑރ. ވިޝާލް މޫސާ އައްޔަނުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މޯލްޑިވްސް ލޭމްޕް ގެ ދަށުން ހިންގި ނާލޯ-2021 އަކީ، ގްރޭޑް 4 އާއި 7 ގެ ދަރިވަރުންގެ ދިވެހި ބަސް، އިނގިރޭސި ބަސް، އަދި ހިސާބުގެ ފެންވަރު ހުރި މިންވަރު ދެނެގަތުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ދަރިވަރުންނާއި މުދައްރިސުންގެ ތެރެއިން ކޮންމެ ސްކޫލަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން ހަދާފައިވާ މި އެސެސްމެންޓްގެ ނަތީޖާތަކަށް ބިނާކޮށް، މާއްދާތައް ކިޔަވަދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ ބޭނުންވާ ސްކޫލްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް “މޯލްޑިވްސް ލޭމްޕް” އަކީ، ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: