ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއެރުމުގެ މަރުހަލާ އުނދަގުލީ، ފަށާ ތައުލީމުގެ މައްސަލައަކުންތަ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓާ އައިޝަތު އަލީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕިޒިކްސް ފޮތެއް ނޫނިއްޔާ ކެމިސްޓްރީ ފޮތެއް ގިރާލައިގެން ބޯލިއަސް ގައުމުގައި ހިނގާ ގައުމީ މަސްލަހަތު ހުރި، މުޖުތަމައުގައި ތިމާ އަދާކުރަންޖެހޭ ޒިންމާތަކެއް ނޭގޭނެއެވެ.

ހިސާބު ފިލާވަޅުތައް ފަރިތަކޮށް އެކްސް ހޯދަން ކިތައްމެ ބޯ ގޭނިއަސް މުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވިސްނާ އެއީ ތިމާގެވެސް ޒިންމާކަން ގަބޫލުކުރެވޭނެބާއެވެ؟

ތަރުބިއްޔަތުގައި މައްސަލައެއް ހުރިކަން ޔަގީނެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިއީ ތައުލީމީ ނިޒާމުގެ ސަބަބުންތޯއެވެ. ނޫނީ މައިންބަފައިންގެ އިހުމާލުންތޯއެވެ. މިކަމަށް އެޑްރެސް ކޮންދޭންޖެހޭނީ ކާކުތޯ މިއީ އުފެދޭ ސުވާލުތަކެވެ.

ޔަގީންވާ އެއްކަމަކީ ދަރިން ތަރުބިއްޔަތުކޮށް، އެ ދަރިންނަށް އިލްމް އުގައްނައިދޭން ފޮނުވާ ސުކޫލުތަކުގައި މިކަންކަމަށް އެންމެ ފުރިހަމައަށް އެޑްރެސްނުކުރެވޭކަމެވެ.

ސުކޫލު ނިންމާ، ކުއްޖާ މުޖުތަމައުއަށް ނިކުންނައިރު އިޖުތިމާއި ކަންކަމާއި، މުޖުތަމައުގެ ތެރޭގައި އެ ހިގާ ކަންކަމަށް ކިހާ ހޭލުންތެރިބާއެވެ. ތައުލީމީ ހަޔާތް ނިންމުމަށް ފަހު ވާން ބޭނުންވަނީ ކޮންކަހަލަ މީހަކައްތޯ ސުކޫލުތަކުން އަހައެވެ. ނަމަވެސް އޭނާ އެ މަގަށް ވާސިލްވުމަށްޓަކައި ކަނޑަތުކުރަންޖެހޭނެ ހަރުފަތްތަކެއް ސުކޫލު ދައުރު ނިމޭއިރުވެސް ނޭގެއެވެ. ހަމައެކަނި ވިސްނައިދ،ީ ދަސްކޮށްދެނީ އޯ ލެވެލް ނިންމާ ކޭމްބްރިޖު ނަތީޖާ އަންނައިރު ނަތީޖާ ކަރުދާހުގައި ބަރި ޖަހާ، އޭ ސްޓާ ހުންނަންޖެހޭނެކަމެވެ. ވަގުތުން ސީއެޗްއެސްސީ ނޫނިއްޔާ މަތީ ތައުލީމަށް ކިޔަވަދޭ ކޮންމެސް ސުކޫލަކަށް ވަންނަންޖެހޭކަމެވެ.

ސުކޫލުގައި ޕްރިފެކްޓުންގެ ގޮތުގައި ހަރަކާތްތެރިވެ މަތީ އަރުތަވެރިންގެ އިނާމު ހާސިލް ކުރި ނަމަވެސް ސީވީއެއް ހަދައި، ވަޒީފާއަކަށް ކުރިމަތިލުމަށްޓަކައި ގިރާ ކުރަންޖެހޭ މަރުހަލާތައް ކުޑަމިނުން އިގެނީ ކިތައް ކުދިންނަށްބާއެވެ.

ދިވެހިން ބޮޑެތި މަޒުމޫނުތައް ލިޔަން ދަސްކޮށް، އާސީނުތަށިން ސުކުންތައް ދަސްކޮށް، އިިގިލި ބިންދާގެން ގުނަކޮށް ގެއްލަން ދަސްކޮށްގެން މަގުމައްޗަށް ނިކުތުމަށްފަހުވެސް ޖެހެނީ ޑިޕޮލޮމާ ހަދާށެވެ. ޑިގްރީއަށް ކިޔަވަންށެވެ.

ކިޔަވަން ފަށަން ވަޒީފާއެއް ހޯދަން ބަލާއިރު، ކަމަކުދާކަން ނޯވެއެވެ. ސޭޓުކަން ނޫން ވަޒީފާއެއް އެއް އަހަރު ދުވަހުގެ ތަޖުރިބާއާއި ނުލާ ނުލިބެއެވެ. ސޭޓުކަމަކީ ހަޑި މަސައްކަތެކޭ ބުނަނީއެއް ނޫނެވެ. ނަމަވެސް އެއީ އެންމެން އެމީހުންގެ ހުވަފެނުގައި ކުލަ ޖެއްސުމަށް ކުރާ މަސައްކަތުގެ ފެށުމަށް ހަދަން ބޭނުންނުވެދާނެއެވެ.

ސުކޫލުތަކުގައި އެ ކިޔަވައިދޭ 8 މާއްދާ ކިޔަވައިދެވުމުން ނިމުނީ ނޫންކަން ގަބޫލުކޮށް އިތުރު ދޮރުތައް ފަށާ ތައުލީމުގެ މަރުހަލާގެ ތެރެއިން ހުޅުވައިދޭންޖެހެއެވެ. ތިމާގެ ދިރިއުޅުން ބައްޓަން ކުރާނެ ގޮތް އެކީ އެކައްޗަކަށް އަލިފުން ޔާ އަށް ސުކޫލުތަކުން ދަސްކޮށްދޭން ޖެހޭނޭ ބުނަނީއެއް ނޫނެއެވެ.

ނަމަވެސް ކޮންމެ ދިރާސީ އައު އަހަރެއްގެ ކިޔެވުން ފެށޭއިރަށް އިސްވެރިން އެދައްކަވާ ވާހަކަތަކުގައި ފާހަގަކުރާ ތަޢުލީމީ ހަޔާތް ނިންމާފައި ނުކުންނަ ދަރިވަރުންގެ ހުންނަޖެހޭ ސިފަތައް ސުކޫލު ދައުރު ނިންމާ ނިންކުންނައިރު ކިހާ ފުރިހަމަބާއެވެ. ދަރިވަރުންތަކަކަށް ނިސްބަތްކޮށް ދައްކާ ވާހަކައެއް ނަމަ އަބަދުވެސް ފާހަގަކުރަނީ ދިރިއުޅުމަކަށް ތައްޔާރުވެފައިވާ މަސައްކަތް ދަސްވެ އަދި މުޖުތަމަޢަށް އަހުލުވެރިވެފައިވާ ބައެއްކަމަށް ވާނެޖެހޭކަމުގެ ވާހަކައެވެ. އަދި އެދަރިވަރަކީ އުފެއްދުންތެރި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ދަރިވަރަކަށްވެސް ވާންޖެހޭނެ ކަމުގެ ވާހަކައެވެ. ދެން ވިދާޅުވާނީ މި އަމާޒަށް ވާސިލް ވެވޭނީ މުޅި މުޖުތަމަޢަށް އޮތް ޒިންމާއަދާކުރެވިގެން ކަމަށެވެ.
އާއެކެވެ.
އެއީ ވެހިކަލެއްގެ ހަތަރު ފުރޮޅު ހަތަރު ވަރު ނަމަ ދުއްވަން އުދަގޫވާނެ ފަދައިންނެވެ. އަދި ހަތަރު ފުރޮޅު އެއް މިނެއްގައި ހުއްޓަސް ހުންގާނުގައި ހިފާ ފަރާތްތަކުން ނުބައި މިސްރާބަށް ދުއްވާ ނަމަވެސް މަންޒިލަކަށް ވާސިލް ނުވެވޭނެފަދައިންނެވެ. ތައުލީމީ ހަޔާތް ނިމިގެން ދަރިވަރު މުޖުތަމައުގެ ތެރެއަށް ނިކުންނައިރު މިހެން ވެއްޖެނަމަ އަމިއްލަ ނަފްސަށް ތައުރީފުކޮށް ވާހަކަދެއްކުމުގައި އަމިއްލައަށް ވަޑައިގަންނަންވާށާ ވިދާޅުވާށާ އަދި އަމިއްލަ އަރިހުގައި ދެންނެވި ވާހަކަވެސް ކިއިދާނެއެވެ.

ޒިންމާ ފެށޭ ހިސާބަކީ ކޮބައިތޯއެވެ؟

ސަރުކާރެވެ. ކަމާއިބެހޭ މުއައްސަސާތަކާއި ވުޒާރާއެވެ. ސަބަބަކީ ދަރިވަރުން ސުކޫލަށް ގޮސް ދަސްކުރާނެ ފިލާވަޅުތައް ހިމެނޭ މުޅި ސިލަބަހަކީ ސަރުކާރުގެ ޒިންމާއެއްވީމައެވެ.

ތަފާތު ސަގާފަތްތަކުގެ މީހުންނާ ގުޅިގެން ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގައި ތަހުޒީބުކޮށް މީހުން ދިރިއުޅޭތަން ފެނުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އެހެނަސް މިކަންކަމާއިމެދު ރަނގަޅަށް ވިސްނާ ފިކުރު ނުކޮށްފިނަމަ ދިމާވާނީ އޭ ގުރޫޕަށް ބީ ގުރޫޕު ލޭ އެޅުމުން ދިމާވާނެފަދަ ކަންކަމެވެ.

ރާއްޖެއަކީ ކުޑަ އިގްތިސާދެއް އޮންނަ ގައުމަކަށް ވެފައި ބޭރުގެ އެހީއާ އެކު އަންނަ އަޅުވެތިކަމުން ސަލާމަތްވުމުގެ ކުޅަދާނަކަން ކާބަފައިން ދައްކުވައިދީފައިވާކަން ދަރިވަރުންނަށް އަންގައިދޭންޖެހެއެވެ. ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ކުޑަ ޖަޒީރާ ގައުމަކަށް ވީ ނަމަވެސް މި ގައުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ހައްގު ބަސް ބުނަން ކެރޭ ރައްޔިތުން ދިރިއުޅޭ ގައުމެއްކަން ދަރިވަރުންނަށް އަންގައިދޭންޖެހެއެވެ.

ކަން މި މަގުން ދާނީ ވިސްނުމާއި ބުއްދި އާއި ފިކުރު ވަކި ފެންވަރެއްގައި ތާށި ވުމެއްނެތި ފުޅާކޮށް ވީހާވެސް ދުރަށް ވިސްނާ ފިކުރު ކުރަން ދަރިވަރަށް ފަށާގަތުމުގައި އުގަންނައި ދެވިގެންނެވެ. ދަރިވަރުގެ ހަޔާތަށް ފުރިހަމަ ބަހާރު މޫސުމެއް އަންނާނީ ހަޔާތުގެ ފުރަތަމަ މަންޒިލުން ފެށިގެން އަމާޒައް ވާސިލު ވެވެދެން އެންމެ ފުރިހަމަ ގޮތުގައި ހަޔާތުގެ ބަހާތަކުގެ ބައިވެރިން ކޮންމެ މަރުހަލާއެއްގެވެސް ޒިންމާ އަދާކޮށްގެންނެވެ.

ޒަމާނީ ޓެކްނޮލީޖީގެ އެހީގައި ދަރިވަރުންގެ ކިޔެވުން ތަރުތީބުކޮށް ސްކޫލުތައް އިންޓަނެޓް ވިއުގައަކުން ގުޅައިލައިގެން ފަސޭހަކަމާ އެކު ކަރިކިއުލަމް ތަންފީޒުކޮށް، ވާޗުއަލް ކޮށް އުނގެނުމުގެ މާހައުލުތަކެއް ގާއިމް ކުރުމަށް ތަސައްވުރުތަކެއް ކަނޑައެޅުނު ނަމަވެސް އެ ފޯރުކޮށްދޭ އިލްމަށް އިތުރުވުމެއް ނައިސް، މީގެ އަހަރުތައް ކުރި އަތުން ނުހިފޭހާ ބޯ ފޮތްތައް ދޮޅު އިންޗިހަމަ ނުވާ ފޮތްތަކަކަށް ބަދަލުވުމުން ތައުލީމީ ނިޒާމަށް ވަކި އިތުރު ހަރުދަނާކަމެއް ނާންނާނެއެވެ.

ދެން ބުނާނީ ދަރިވަރުގެ އަމިއްލަ ޒިންމާ ކޮބައިހެއްޔޭކަން ޔަގީނެވެ. ފަށާގަތުމުގައި އެ ޒިންމާ ދަރިވަރަށް ދަސްކޮށްދޭން ތިބި ފަރާތްތަކުން ޒިންމާ އަދާކުރާ މިންވަރު އެއީ، އެ ސުވާލުގެ ޖަވާބެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: