ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފް އެޑިއުކޭޝަން މިނިސްޓަރަށް: މަޑުއްވަރީ ސުކޫލު ވަށާ ފާރު ނޭޅި ދެ އަހަރުވީ ކީއްވެ؟

މަޑުއްވަރީ ސުކޫލު: ފޮޓޯ/ މެމްބަރު އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ މަޑުއްވަރީ ސުކޫލުގެ ވަށާ ފާރު ނޭޅި ދެ އަހަރު ދުވަސް ވެފައިވާ ސަބަބާއިމެދު މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދާމް ޝަރީފް އުމަރު އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ އާއި ސުވާލު ކުރައްވައިފިއެވެ.

މަޑުއްވަރީ ސުކޫލުގެ ވަށާ ފާރު ރޭނުން ލަސްވާތީ، އަދާމް ޝަރީފް މަޖިލީހަށް ފޮނުއްވި ސިޓީގައި ވާގޮތުން، މަޑުއްވަރީ ސުކޫލުގެ ވަށާ ފާރު ނެތުމުގެ ސަބަބުން ދަރިވަރުން ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އަދި އެ ފާރު ނެތުމުގެ ސަބުބުން ދަރިވަރުންތައް ރައްކައުތެރި މާހައުލުގައި ބޭތިއްބުމަށްވެސް ހުރަސްތަކެއް އެޅިގެންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މަޑުއްވަރީ ސުކޫލުގެ ވަށާ ފާރު ތަޅާލާފައިވަނީ މީގެ ދެ އަހަރު ކުރިންކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ފެށޭނެ ތާރީހަކާއި މަސައްކަތްތައް ނިމޭނެ ތާރީހެއް ސާފުކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވަނީ އެ މަސައްކަތްތައް ފެށުމަށް ލަސްވެފައިވާ ސަބަބާއިމެދުވެސް ސުވާލު ކުރައްވާފައެވެ. އެދި އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ކަނޑައެޅިފައިވޭތޯ އާއި އެފަދަ ހާލަތެއްގައި އިތުރު ސުކޫލެއް ވޭ ތޯވެސް އެނާ ސުވާލު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: