ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މަސައްކަތްތެރި ބަޔަކަށް ހަދަމާ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަޢޫދީ ޢަރަބިއްޔާގެ 93 ވަނަ ޤައުމީ ދުވަހުގެ ޙަފުލާގައި ބައިވެރިވެވަޑައިގެންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށް މަސައްތެރި ބަޔަކަށް ހެދުމަށް ނައިބު ރައީސް ފައިސަލްގެ ނަސީމް އެދިވަޑައިގެންފިއެވެ. 

ގާފަރު ކައުންސިލުގެ 8ވަނަ ޤުރުއާން މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކީރިތި ޤުރުއާނުންވެސް ދަސްވާ އެންމެ މުހިންމުކަމަކީ ރިވެތި އަހްލާގު ކަމަށެވެ.

އެމަނިކުފާނު ވަނީ ޅަފަތުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމާއި އަދި ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމުގެ މުހިންމުކަމާއި ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޢަރަބިބަސް އުނގެނުމުގެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޒަމާނާއެކު އަންނަ ބަދަލުތަކާއި އަދި ކުރިމަތިވާ އެކި ހާލަތްތަކާއެކު ވެސް ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޝަމިލުވެ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ހަމަ އެހެންމެ ސްކޫލު ދައުރު ނިންމާ ނުކުންނަ ކޮންމެ ކުއްޖަކީ ކޮންމެވެސް ދާއިރާއަކުން މަސައްކަތެއް ދަސްވެފައިވާ ކުއްޖަކަށް ހެދުމުގެ އަޒުމުގައި ބެލެނިވެރިންނާއި ސްކޫލްތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: