ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި މީޑިއާތަކަށް ރަންޒަމާނެއް ރައީސް މުއިއްޒުގެ ޒަޢާމަތުގައި ގެނެސްދެވޭ: ނައިބު ރައީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މީޑިއާތަކަށް ރަންޒަމާނެއް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ގެނެސްދެވޭނެ ކަމަށް ނައިބުރައީސް ހުސެން މުހައްމަދު ލަތީފް ވިދާލުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ “ނޫސްވެރިންގެ އިނާމް 2022” ހަފްލާ ޝަރަފްވެރިކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ނޫސްވެރިންގެ މުޅި ދިރިއުޅުން ގުޅިފައިވަނީ ހަބާރާއި މައުލޫމާތު ހޯދާ ބެލުން ކަމަށާއި، ކަންކަން ހޯދާ ދިރާސާ ކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ވީހާވެސް ގިނަބަޔަކަށް އެ ނޫސްވެރިއަކު އެއްކުރެވޭ މައުލޫމާތު ކިޔާދޭ ބަޔަކަށް ކަމަށްވެސް ވިދާޅުވިއެވެ.

” ނޫސްވެރިން ކުރާ މަސައްކަތަކީ ވަކި ގަޑިއެއް ވަކި ވަގުތެއް އޮތް ކަމެއްނޫން. 24 ގަޑިއިރު ހުއްޓުމެއްނެތި ކުރާ ކަމެއް. ކޮންމެ ދަންވަރަކު ކޮންމެ ފަތިހަކު ވެސް ކޮންމެ ހާދިސާއެއްވެސް ވެސް ކިޔާދެނީ ނޫސްވެރިން.” ނައިބު ރައީސް ވިދާޅުވިއެވެ.

ހަބަރު ފަތުރާ ރައްޔިތުން ހޭލުންތެރި ކުރަނީވެސް ނޫސްވެރިން ކަމަށާއި، ނޫސްވެރިންގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަން ހަދުމަފުޅު ބަހައްޓަވަން ޖެހޭ ކަމަށާއި، އަދި ވަރަށް ބޮޑު ޒިންމާއެއް ކަންވެސް ވިސްނަން ޖެހޭ ކަމަށެވެ.

21 ވަނަ ގަރުނާއި އެކު ނޫސްވެރިކަން ފުޅާވިހެން ނޫސްވެރިކަން ވެސް އޮތީ މޯބައިލް ފޯނުގައި ކަމަށާއި، ކޮންމެ މީހެއްގެވެސް މުށު ތެރޭފައި ކަމަށެވެ. އެހެންކަމުން ކޮންމެ ވަގުތެއްގައިވެސް މައުލޫމާތު ވަގުތުން ބަލާލެވޭނެ ގޮތަށް ޒަމާން ބަދަލުވެފައިވާއިރު ނޫސްވެރިކަމަކީ ގައުމެއްގަ ލެވެލްގައި އެންމެ ގަދަފަދަ ބާރު ކަމަށެވެ. ނޫސްވެރިކަމުގެ ސަބަބުން ގައުމު ހަމަޖެހުން ބިނާވާ ކަމަށާއި، ގައުމުގެ ކަންކަން ނިންމެވުމުގައިވެސް އެންމެ ބޮޑު ރޯލެއް އަދާކުރާ ބަޔަކީވެސް ނޫސްވެރިން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް ބައްްޓަން ކުރުންވެސް އޮތީ ނޫސްވެރިންގެ އަތް މަތީގައި ކަމަށެވެ. ނޫސްވެރިންގެ ޒިންމާތައް ވަރަށް ވެސް ބޮޑުކަމަށް ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގެ ސަބަބުން، ކޮންމެ މީހަކަށްވެސް މިހާރު ފަސޭހަކަމާއެކު ޚަބަރެއް ފަތުރާލެވިދާނެކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ތެދު ޚަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގެވެސް ހުރިހާ ފަރާތެއް ހާމަކޮށް، ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ޤައުމުގެ އަގުތައް ހިފެހެއްޓުންފަދަ ހުރިހާ ކަމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބު ބޮޑު ކަމަށެވެ.

މިގޮތުން، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދެއްވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދެއްވުމާއި، އޮފީސް ޚަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ގާއިމުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތައުލީމުދީ، ގާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރެއްވުމާއި، ސަރުކާރުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދެއްވުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރެއްވުން ހިމެނޭކަމުގައިވެސް ނައިބު ރައިސް ވަނީ ވިދާޅުވެފައެވެ.

ނައިބުރައިސް ވިދާޅުވީ މި ހިނގަމުންދާ ފަސްއަހަރުގައި މި ކަންކަން ކުރެވޭނެ ކަމަށާއި، މި ކަން މަގުން ގެންދިއުމައްޓަކާއި ރަނގަޅު ގޮތުގައި އަމާޒު ހިފާ ކުރިއަށްދިއުމުގައި މި ސަރުކާރު ދެމި އޮންނާނެ ކަމަށެވެ. އެހެންކަމުން ރައިސް މުއިއްޒުގެ ޒައާމަތު ވެގެންދާނީ ދިވެހި ނޫސްވެރިންނާއި މީޑިއާ ތަކަށް ރަންޒަމާނެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: