ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ކަނޑައެޅުމަށް މަސައްކަތް ކުރާނަން: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ކަނޑައެޅުމަށް މަޖިލީހުން މަސައްކަތް ކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ނޫސްވެރިންގެ ގުންޒަރު” ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި ޑރ މުއިއްޒު ވިދާޅުވީ ނޮވެމްބަރ 17 ގައި ހުވާކުރެއްވުމަށް ފަހު އެމްނިކުފާނުގެ ސަރުކާރުން ނޫސްވެރިން އެދޭ ކޮންމެ މައުލޫމާތެއް ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކީ ދެފުއްފެންނާނެ ސަރުކާރެއް ކަމަށް ވިދާޅުވެ މުއިއްޒު ދެއްނެވީ ސަރުކާރުން ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ބޭނުންވާނެ ކަން ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައިވާނެ ކަމަށާއި އަދި ނޫސްވެރިން ދޭ ހިޔާލުތަކާއި މަޝްވަރާތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށްވެސް ކެމްޕެއިން ތެރޭގައި ވިދާޅުވި ކަމަށް ފާހަގަކުރެއްވިއެވެ. ކުރިއަށްދާ އިންތިގާލީ މަރުހަލާގެ ތެރޭގައިވެސް ގިނަ ސީނިއާ ނޫސްވެރިންނާ ބައްދަލު ކުރާއްވާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ގުންޒަރުގައި ނޫސްވެރިކަމުގައި ދިމާވާ މައްސަލަތަކާއި އަދި ރަނގަޅު ބަދަލުތަށް ގެނައުމަށް ނޫސްވެރިންގެ ހިޔާލުތަށް ހިއްސާކުރުމަށް އެ ފުރުސަތު ނޫސްވެރިންނަށް ހުޅުވާލިއެވެ. މުއިއްޒު ވިދާޅުވީ މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ދިމާވެފައިވާ ފައިސާހެ ދަތިކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ހަމަޖެއްސުމަށް ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންފައި ވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޖު މަޖިލިހަށް ފޮނުވުމުގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހަށް ލިބުނު ފުރުސަތުގައި ގިނަ ނޫސްވެރިންނާ މަޝްވަރާ ކުރެވިފައި ނުވާތީ ވަކި އިންސައްތައެއް މީޑިއާތަކަށް ދޭން ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް މަޖިލިހުގެ ތެރެއިން އެކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ނޫސްވެރިންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށްޓަކައި އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުންގެ އަރިހުން އެކަމަށް އެއްބާރުލުން ދޭން ޑރ. މުއިއްޒުވަނީ އެދިވަޑައިގަންނަވާފައެވެ.

އަދި މިފަހަރު ފާސްވާ ބަޖެޓުގައި އެ މެންބަރުން އެކަން ކޮށްދެއްވައިފިނަމަ އެކަމަށް ޖާގަ ފަހިވާނެ ކަމަށާއި އެކަން އެގޮތަށް ކުރައްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ތައުލީމީ ނިޒާމުގެ ތެރެއިން ނޫސްވެރިކަން ކިޔެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް އެމަިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: