ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ނޫސްވެރިއަކު ކޮއްޕާލި މައްސަލަ އައިއެފްޖޭ އިން ކުށްވެރިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޖުމްހޫރީ މައިދާނުގައި މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އެއްވުން ހުއްޓުވި ފުލުހަކު ދެ ނޫސްވެރިއަކު ކޮއްޕާލި މައްސަލަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކުށްވެރިކޮށްފި އެވެ.

އައިއެފްޖޭ އަދި މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އިދިކޮޅު ލީޑަރުންގެ އެއްވުން ކަވަރުކުރަމުން ދިޔަ ޗެނަލް 13 ގެ ކެމެރާމަނަކާއި، ސަންގު ޓީވީގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގުޅުންހުރި އިދާރާތަކަށް އެ ދެ ޖަމިއްޔާއިން ގޮވާލަ އެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ ބެލުމަށް އެސްއޯ ފުލުހުންގެ ޑިޕާޓްމަންޓަށް އަންގާފައިވާނެ ކަމަށާއި، ތުހުމަތުކުރެވޭ ފުލުސް މީހާ މަސްއޫލިއްޔަތުތަކުން ދުރުކުރަން ވެސް އަންގަވާފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތައް ފުލުހުން ރޫޅާލުމުގެ ތެރޭގައި އެ ސަރަހައްދުގައި މަންޒަރުތައް ކަވަރު ކުރަން ތިބޭ ނޫސްވެރިންނަށް އަނިޔާ ލިބެއެބެ. އަދި އެ ކަމުގައި ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ އިދާރާތަކާއި ޖަމިއްޔާތަކުން ބަޔާން ވެސް ނެރެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 60%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: