ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނބިމީހާ ބަނޑަށް ވަޅި ހެރި މައްސަލައިގައި ފިރިމީހާގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފޭދޫގައި އަނބިމީހާ ބަނޑަށް ވަޅި ހެރި މައްސަލައިގައި އޭނާގެ ފިރިމީހާއަށް ދައުވާ އުފުލައިފި އެވެ.

މިދިޔަ މަހުގެ 02 ގައި ރިޕޯޓު ކުރި މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ، ށ. ފޭދޫ ރެއިޑަމްގެ، އާދަމްގެ މައްޗަށެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ، އާދަމްގެ މައްޗަށް ކުރީ  ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މި މައްސަލައިގައި ފޭދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ހަޅޭކެއްގެ އަޑަށް ބައެއް މީހުން އެގެއަށް ދިޔައިރު، ފިރިމީހާގެ ހުރީ އަނބި މީހާގެ ބަނޑަށް ހެރި ވަޅީގައި ހިފަހައްޓައިގެން ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ދެ މީހުންގެ ދެމެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން ފިރިހެން މީހާގެ ރުޅި ކޮންޓްރޯލް ނުވެގެންކަމަށް މައުލޫމާތު ދިނެވެ.

އަނބިމީހާއަށް އަނިޔާކޮށް ތޫނު ވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައިގައި، އާދަމްގެ މައްޗަށް ދައުވާ އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ހާވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލަ ށ. ފޭދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅީ ޖޫން 30 ގަ އެވެ. މި ދައުވާ ސާބިތު ވެއްޖެ ނަމަ އާދަމްގެ މައްޗަށް 7 އަހަރާއި 10 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: