ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުއަށް 7 އަހަރުން އަމީނީ މަގަށް ނުގެނެސް ދެވުނު ދާއިމީ ޙައްލު 7 މަހުން ގެންނާނަން: މޫކޭ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، މޫސާ އަލި މަނިކު (މޫކޭ) / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ހަތް އަހަރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި އަމީނީ މަގަށް ގެނެސް ނުދެވުނު ހައްލު 7 މަހުން ގެންނާނަންކަމުގެ ޔަގީންކަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މޫސާ އަލީ މަނިކް (މޫކޭ) ދެއްވައިފިއެވެ.

މޫސާ އަލީ މަނިކު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާ “މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް” މާލެ ސިޓީ ކައުންސިލަށް މަޝްރޫއު ކުރިއަށް ނުގެންދެވޭކަމަށް ރައީސް ސާލިހުގެ ކެބިނެޓުން ނިންމާ ޕްލޭނިން މިނިސްޓްރީ އާއި ހަވާލުކުރުމުން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކުރުމާއި ގުޅިގެން ކުރެއްވި މޭޔަރ މުއިއްޒު ދެއްކެވި ވާހަކަކަށް ރައްދު ދެއްވަމުންނެވެ.

އަމީނީ މަގުގެ މައްސަލައަކީ މާލެ ސިޓީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށްވާތީ، މިކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ހުށައެޅެމުންދިޔަ ނަމަވެސް މިކަމަށް ހައްލު ހޯދައިދެވިފައެއް ނުވެއެވެ. މިހެންކަމުން މިކަމާއިމެދު ސުވާލުކުރެއްވުމުން ޑރ މުއިއްޒު އަބަދުވެސް ދެއްވާ ޖަވާބަކީ، ސަރުކާރުން މި މަޝްރޫއު ހުއްޓުވާ ތާށިކޮށް، ކައުންސިލަށް ދޭން ޖެހޭ އެއްބާރުލުން ނުދޭތީ މަޝްރޫއު ކުރިއަށް ނުގޮސް އޮތީކަމަށެވެ.

މާލެ ސިޓީ ކައުންސިލާއިއެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން މި މަޝްރޫއު ކުރިއަށް ގެންދިޔުމަށްވެފައިވާ އެއްބަސްވުން ބާތިލުވެސް ނުކޮށް، ޕްލޭނިންގ މިނިސްޓްރީ އާއިއެކު އެއްބަސްވުމުގައި ސޮއި ކުރައްވާފައިވާތީ މާލެ ސިޓީގެ ކައުންސިލް މެންބަރުން ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ މިކަމާއިމެދު އޮތް ކަންބޮޑުވުން ހިއްސާކުރައްވާފައެެވެ.

މި މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ފައިދާއާއިއެކު ހަވާލުކުރީ 39 މިލިއަން ރުފިޔާއަށްކަމަށް ފާހަގަކޮށް މިހާރު މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެ ކޯޕަރޭޝަންއަށް 84 މިލިއަން ރުފިޔާ ދީފައި އޮތުމަކީ ކޮރަޕްޝަނުގެ އަމަލެއްކަމަށްވެސް ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެެވެ. އަދި ގާނޫނާއި، ކޮންޓްރެކްޓިން އުސޫލު މުގުރާލާއި ސަރުކާރުން މި ހިންގި އަމަލާއިމެދު ކައުންސިލްގެ ފަރާތުން އަޅާނެ ފިޔަވަޅުތައް، ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވާނަންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 42%ބޮޑު ޖޯކެއް 42%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުއިޒު ހަށްއަހަރު ވެރިކަމުގައި ހުންނަވައިގެން ކުރެއްވި ކަންތަކުގެ މަތީން މާއަވަހަށް ހަނދާން ނެތުނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: