ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2 ސަރަހައްދެއްގައި ސިފައިން ހަރަކާތްތެރިވީ ގޮތް ނޭނގޭ އެއްޗެއްގެ ރިޕޯޓާއިއެކު!

މާލޭގައި ހުންނަ ޗައިނާ އެމްބަސީއާއި ރަޝިޔާގެ ކޮންސިއުލޭޓުގެ އެތެރޭގައި ޕައިޕް ބޮމެއް އޮތްކަމުގެ އިންޒާރު ކާކުކަން ނޭނގޭ ފަރާތަކުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކަމަށްބެލެވޭ ގޮތް ނޭގޭ އެއްޗެއް މާލޭގެ 2 ސަރަހައްދެއްގައި އޮތްކަމަށް ލިބުނު ރިޕޯރޓަކާއި ގުޅިގެން މިއަދު އެމް.އެން.ޑީ.އެފް އިން ވަނީ އެސަރަހައްދުތަކުގައި ހަރަކާތްތެރި ވެފައިކަމަށް އެމްއެންޑީޕީއެފްއިން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ބެލި ބެލުމުން މިކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔަޤީންވުމުން މިހާރު ވަނީ މި ހަރަކާތް ނިންމާލާފައިކަމަށެވެ. އަދި މިކަމުގައި އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ބަންދު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުުޅުއްވާ ރަސްމީ ގެކޮޅު މ. މުރައިދޫގެ އާއި ނައިބް ރައީސް ފައިސަލް ނަސީމު ދިރިއުޅުއްވާ ހިލާލިގެ ކައިރީގެ އިތުރުން ޗައިނާ އެމްބަސީ ހުންނަ ސަރަހައްދެވެ.

މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ މާލެ ސިޓީ ކައުންސިލް އިދާރާގެ ޕޯޓަލްއަށް މީހަކު ފޮނުވި އިންޒާރުގެ މެސެޖުތަކެއް ސިޓީ ކައުންސިލުން ސަލާމަތީ ބާރުތަކާއި ހިއްސާކުރުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: