ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި

ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް އެޚުމުގެ މަޝްެރޫއު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ކުންފުންޏަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއަކީ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއެކެވެ. ޕްލޭނިންގ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމެންޓްގެ ޑިރެކްޓަރ އަހުމަދު ވިޝާން ނަސީމް އެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ.

އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގައި ހިނެނެނީ 700 އަކަފޫޓްގެ ދެ ބުރީގެ 50 ރޯ ހައުސްއާއި 1000 އަކަފޫޓްގެ އެއްބުރީގެ 50 ހައުސިންގ ޔުނިޓެވެ.

މި ހައުސިން ޔުނިޓްތަކުގެ ވަށާފާރު ރޭނުމާއި، ވަށައިގެން އަލިކުރުމާއި އެސަރަހައްދުގައި މައިޒާނެއް ގާއިމްކުރުމާއި ޕާކް ކުރާނެ ސަރަހައްދެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދައުލަތުގެ ބަޖެޓުން 83.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައްޔިތުންގެ ބިންތަކުން އެހެންމީހުންނަށް މަންފާ ހޯދައިދީ ރައްޔިތުން ދަރަނި ދަންތޫރާގަ ހައްދަން ހިންގާ ބޮޑެތި ޖަރީމާ ހައުސިން ޕްރޮޖެކްޓް ތަކަކީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: