ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ނަމާދު ބޮޑު ޖަމާއަތުގައި ބޭއްވުމަށް ނިންމައިފި

އީދު ނަމާދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސަރަހައްދުގައި ބޮޑުޖަމާއަތުގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ގްރޭޓަރ މާލެ ސަރަަހައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ މާފަންނު ސްޓޭޑިއަމްގައެވެ.  ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑުގައެވެ.

ޢީދު ނަމާދަށް ދާއިރު ކޮންމެ މީހަކުވެސް ގެއިން ވުޟޫ ކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ގެންދިއުމަށްވެސް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ބޮޑު ޖަމާއަަތުގައި އީދު ނަމާދު ކުރަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ދެއަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ބޯޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމި ނަމަވެސް މޫސުން ތަން ނުދޭ ނަމަ އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މިސްކިތް ތަކުގައެވެ. މި އަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: