ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ނަމާދު ކުރާ ސަރަހައްދުތަކުގެ މަގުތައް ބަންދު

މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާއިރު، އެ ސަރަހައްދުގެ ވަށައިގެން ހުންނަ މަގުތައް ބަންދުކުރުމަށް ނިންމާފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ މިއަދުގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ހާއްސަ ސަރަހައްދެއް ހަމަޖެއްސުމަށެވެ. އެ އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް މޫސުން ތަން ނުދޭނަމަ، އިތުރު ތަނަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ބަދަލު ކުރެވޭނެކަމަށާއި އެކަމަކު އެ މައުލޫމާތުތައް ކުރިޔާލައި އަންގާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ބޮޑު ޖަމާއަތުގެ އިތުރުން މާލޭގެ އެހެން މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރުން އޮންނާނެ އެވެ. އެހެންކަމުން ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމާއި، އީދު ނަމާދު ކުރާ ވަގުތު އުޅަނދުތަކުގެ އުނދަގޫތައް ދިމާނުވާނެހެން ގެނައުމަށް ހަމަޖެހިފައިވާ މައުލޫމާތުތައް ހާމަކޮށް ފުލުހުން ބުނީ މާލޭގެ އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތް، އަދި މާފަންނު ސްޓޭޑިއަމަށް ދެވެން ހުންނަ މަގުތައް އީދު ނަމާދު ފެށުމުގެ ކުރިން ބަންދުވާނެ ކަމަށެވެ.

މީގެއިތުރުން ސަލްމާން މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، އެ މިސްކިތުގެ ވަށައިގެންވާ މާބުލް ސަރަހައްދު ވެސް ނަމާދު ކުރުމަށް ބޭނުން ކުރާތީ އެ މިސްކިތަށް އަންނަ މީހުންގެ އުޅަނދުތައް ޕާކު ކުރުމަށް ހަމަޖެހިފައި ވަނީ ކާނިވަލް ސަރަހައްދުން ފެށިގެން އާޓިފިޝަލް ބީޗާއި ހަމައަށެވެ.

މީގެއިތުރުން މާފަންނު ސްޓޭޑިއަމްގައި ޖަމާއަތުގައި ނަމާދު ކުރުން ހަމަޖައްސާފައި ވާތީ، އެ ސަރައްހަދު ބަންދު ކުރުމުން ދެން އުޅަނދުތައް ޕާކު ކުރުން ހަމަޖެހިފައި ވަނީ ބޮޑުތަކުރުފާނު މަގުގަ އެވެ.

އިސްލާމިކް މަރުކަޒު ކައިރި މަގުތައް ބަންދު ކުރުމުން، އުޅަނދުތައް ޕާކު ކުރެވޭނީ އިއްޒުއްދީން ފާލަން ކައިރިންނާއި ބޮޑުތަކުރުފާނު މަގު އަދި އާޓްގެލެރީ ސަރަހައްދުގަ އެވެ.

ހުޅުމާލޭގެ ބޮޑު ޖަމާއަތުގައި ނަމާދު ކުރުން އޮތީ ހުޅުމާލެ ފުރަތަމަ ފިޔަވަތީގެ ސިންތެޓިކް ޓްރެކާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގަ އެވެ. ވިލިމާލޭގެ ބޮޑު ޖަމާއަތް އީދު ނަމާދު ކުރުން އޮތީ ވިލިމާލެ ފުޓްބޯޅަ ދަނޑުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: