ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން އެކުވެރި ބާޣީންނާއި އެކު!

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

07 ފެބްރުއަރީ ހިނގަން މެދުވެރިވީ ނުވަތަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި، ކޯލިޝަންގެ ސްލޮޓެއްގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝެއިޚް އިމްރާން އަބްދުﷲ ގެ އަދާލަތު ޕާޓީއާއި މަދަނީ ބައެއް ޖަމިއްޔާތަކުން ނިކުމެ އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބައެއް ކަމާއި އަދި ދީނަށާއި ރަސޫލާއައް ނިސްބަތްވާގޮތައް ނޭދެވޭ ވާހަކަތަށް ރައީސް ނަޝީދު ދައްކާކަމަށް ބުނެ ބޭއްވި ބޮޑު އެއްވުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ރައީސް ނަޝީދު ވެރިކަމުން ދުރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި އިމްރާނާއި ގާސިމް މިއަދު އެ ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް އިމްރާން އެކަން ސިފަ ކުރައްވަނީ މާޒީން ފަސްކޮނުންގެ ގޮތުގަ އެވެ.

ފެބްރުއަރީ 7، 2012 އާއި ފެބްރުއަރީ 8، 2012 ގައި ހިނގި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެމްޑީޕީން މައްސަކަތައް ކުރާއިރު، އެކަމުގެ ސުވާލުތަކެއް އިމްރާނާއި ކުރެވުނެވެ. އޭރު އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާއަށް އެނބުރި ގޮސް، އެ ދުވަހުގެ “ފަސްބައި ނަގައި ކޮނުމުން” ގައުމަށް ގެއްލުން ލިބިދާނެ ކަމަށެވެ. ރައީސް ނަޝީދަކީ ރާއްޖޭގައި އެހެން ދީން ފެތުރުމަށް މަސައްކަތް ކުރާ، ބޭރު ގައުމެއްގެ އޭޖެންޓެއްގެ ގޮތުގައި ލޭބަލްކޮށް ބޮޑެތި އެއްވުންތަކުގައި އެ ވާހަކަ ގޮވި އެއް ބޭފުޅަކަށް އިމްރާން ވާނެ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން “ބަޣާވާތަކުން” ވައްޓާލީކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ، ރައީސް ނަޝީދަށް ފަހު ވެރިކަމާއި ހަވާލުވި ޑރ. މުހައްމަދު ވަހީދު ހަސަންގެ ގަރާރަކުން 2012 ގައި ކޮމިޝަނެއް އުފައްދައި ތަހުގީގުކުރި އެވެ. ރައީސް ނަޝީދުގެ ފަރާތުން ވެސް ބޭފުޅަކު ހިމަނައިގެން ކުރިޔަށް ގެންދިޔަ އެ އިންކުއަރީގައި ހަ މަސް ފަހުން ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ. އަދި އޭރުގެ ނައިބު ރައީސް ޑރ. ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށްކަމަށް ރިޕޯޓުގައިވެ އެވެ.

ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން ބެލީ މައިގަނޑު ހަތަރުކަމެކެވެ. އެއީ ޖެނުއަރީ 14، 2012 އިން ފެށިގެން ފެބްރުއަރީ 8 އާ ދެމެދު ރާއްޖޭގައި ސިޔާސީ ކަންކަމާއި ވެރިކަން ބަދަލުވި ގޮތުގެ އިތުރުން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރެއްގެ ތެރެއިންތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާ އެއްގޮތަށްތޯ އެވެ. މި ރިޕޯޓުގައި ވާ ވާހަކަތައް އެމްޑީޕީން ބަލައި ނުގަންނަ އެތައް ސަބަބުތަކެއް ވެއެވެ.

ބަޣާވާތުގެ ބައިވެރިންގެ ގޮތުގައި އެމްޑީޕީން ލިސްޓެއް ތައްޔާރު ކުރިއެވެ. އޭގެ ތެރޭގައި ލިސްޓުގެ އެންމެ ކުރީގައި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދައިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި އިމްރާނާއި ގާސިމްގެ ނަން ހިމެނެއެވެ. ފެންނަން ހުރި މަންޒަރުތަކާއި ވީޑިއޯތަކުން މުޒާހަރާގެ އެންމެ ކުރީގައި ހުންނެވި ބޭފުޅަކީ ވެސް ނާޒިމް އެވެ.

އެމްއެންޕީގެ ލީޑާޝިޕްގައި ހިމެނޭ ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒް މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަނީ/ ފޮޓޯ: ސޯޝަލް މީޑިއާ

މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝިއުޒް، އެމްޑީޕީ އިން މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކޭމްޕް ކުރިއިރު ހުށަހެޅި “މަ ޗިސްޗިސް ކޮއްލިޔަސް، މަ ފިސްފިސް ކޮއްލިޔަސް ނެތޭ ވެވޭކަށް ބާޣީއަކަށް” މި ލަވައިގައި މި ހުރިހާ ބޭފުޅުންގެ ނަން ހިމެނެ އެވެ.

މި ލަވައިގައި އެމްޑީޕީން ބާޣީން ކަމަށް ނިންމާފައިވާ ބޭފުޅުންގެ ނަންތައް ވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ތިއްބެވީ މިސަރުކާރަށް ތާއިދުކޮށް، މި ސަރުކާރުގެ ބައެއް މަގާމުތަކުގައެވެ.

ވެރިކަން ބަދަލުވީ ދުވަހަކީ، ކަޅުވަހެއްގެ ގޮތުގައި އެމްޑީޕީން ސިފަ ކުރެ އެވެ. އެއީ އިބުރަތުން ފުރިގެންވާ ދުވަހެކެވެ. ހަމަގައިމު ވެސް މިއަދުގެ ހާލަތަށް ބަލާނަމަކަން އޮތް ގޮތަކީ އެއީ އެވެ. އެއީ އެ ބަޣާވާތުގެ ވެރިން އެއީ މިއަދު އެމްޑީޕީގެ އަހުންނަށް ވީތީ އެވެ. ކެމްޕެއިންތަކަށް އެކުގައި ދަތުރު ކުރާ “ލީޑަރުންނަށް” ވީމައެވެ.

ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިމްރާން ވެސް ހުންނެވީ ހަމަ އެ ކޯލިޝަނުގެ ތެރޭގައެވެ.

ނާޒިމް ވެސް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ޕާޓީއެއް ހަދައި ވެރިކަމަށް ފައި ވިއްދާލުމުގެ ކުރިން ހުންނެވީ ސަރުކާރާއި އެއް އުނދޯއްޔެއްގަ އެވެ.

ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ވައްޓާލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މި ބޭފުޅުންނެވެ. މިއީ 23 ޑިސެމްބަރުގެ އެއް ނަތީޖާ އެވެ. ސިޔާސީލީޑަރުންނާއި ފުލުހުންނާއި ސިފައިންވެސް ގާނުނުން އުފެދިފައިވާ ވެރިކަމެއް ވައްޓާލަން ފޫގަޅާލީ ލަދުވެތި މަންޒަރެއް ދައްކަމުންނެވެ. އެމީހުންގެ ނަޒަރުން މިއީ“ލާދީނީ” ވެރިކަމެއް ބަދަކު ކުރަން ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

ރައީސް ނަޝީދާއި މެދު ނުބައި ތަސައްވުރަކާއި، ދީނީ ކާޑު ކުޅުއްވީ އިމްރާނެވެ. ހުޅަނގުގެ އެޖެންޓެއްގެ ނަމުން މުހާތަބު ކުރި އެވެ. އެމްޑީޕީއަށް އެހީވާ ކޮންމެ މީހަކީ އިސްލާމްދީން ނައްތާލަން އެހީތެރިވާ މީހެއް ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އެތަކެއް ތުހުމަތު ތަކެއް ކުރެއްވިއެވެ.

5ecd9c71-dc20-4ca5-a812-856b6e846e71.png

ދެން ގާސިމް އެހެން ހުންނަވައި ވިދާޅުވީ އެމްޑީޕީ އަކީ ލާދީނީ ބައެއް ކަމަށާއި ކޮންމެ ގޮތެއް ހަދާފައިވެސް އެނޫން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. މި ދެ މީހުން ކިހިލީގައި ޖަހައި އެމްޑީޕީން ވެރިކަން ކުރަންވީ ސަބަބެއް ނޭނގެ އެވެ.

ހިތާ ހިތުން ވިޔަސް އެޕާޓީން މިއަދު ވެސް ގަބޫލު ކުރަނީ އިމްރާން އާއި، ގާސިމް އާއި، ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒާއި، ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަކީ ބޮޑު ބާޣީން ކަމަށެވެ. ކިތަންމެ ބާރެއް ލިޔަސް ހަގީގަތަކީ ހަމަ އެ އެމްޑީޕީގެ ދެވަނަ ވެރިމަކުގައި އެލިގެން ތިބީ އެކުވެރި ބާޣިން ކަމެވެ. ކިތަންމެ ނުރުހުނަސް މިއީ އަދުގެ ހަގީގަތެވެ. އެމްޑީޕީގެ މެންބަރުން އަދިވެސް “ބާޣާވާތޭ” ކިޔަން ލަދުގަންނަން ޖެހެ އެވެ. ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަ ކުން ވެރިކަމާއި، ރައްޔިތުންގެ މަޖިލިސް ދިނުމުން އެމްޑީޕީން ވެސް އެ “ބަޣާވާތުގެ” މައްސަލަ ނުބަލަނީ އެއީ ފަސް ނުކޮނުމުގެ ބޭ ނުމުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ފެބްރުއަރީ 7 ގައި ރާއްޖޭގައި ބަޣާވާތެއް ނުކުރޭ. ހިނދުކޮޅުގައި ހުރީމާ ރައީސް މީހާއަށް އިސްތިޢުފާ ދެވުނީ އޮޅުމަކުން. މިކަމަށް ބާރުލިބޭ ހެއްކަކީ ރައީސްމީހާ ކެމެރާ ކުރިމަތީގައި އޭނާގެ ކެބިނެޓްގެ މެންބަރުން ފަހަތުލައިގެން ހުރިއިރު ތިމަން މި އިސްތިޢުފާދެނީ ބޮލުގައި ބަޑި ޖައްސައި މަޖުބޫރު ކުރުމުންނޭ ކީއްވެ ނުބުނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: