ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ބޭނުންވަނީ ޕީޕީއެމް އުވާލަން: ޝިފާގު

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު ( ހިސްޓޯ)/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިއަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ތަފާތު ބަހަނާތައް ދައްކައިގެން ޕީޕީއެމް އުވާލުމަށް ކަމުގައި  ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ސެކެޓްރީ ޖެނެރަލް ޝިފާގް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާގް ވިދާޅުވީ އެއްވެސް އަސާސެއް ނެތް ގޮތެއްގައި އިލެކްޝަންސް ކޮމިޝަންގެ ބައެއް ބޭފުޅުން  ޕީޕީއެމް އާ މެދު ބަސްބުނެ ހަދާކަމަށާއި އެފަދަ ކަންކަމަކީ ވަރަށް ބޮޑަށް ރޭވިގެން ދިވެހިރާއްޖޭގެ ސިޔާސީ ވުޖޫދުން ޕީޕީއެމް ފުހެލުމަށް ކުރެވެމުންދާ މަސައްކަތެއް ކަމުގައި ޝިފާގު ވިދާޅުވިއެވެ.

މިއަދު ޕީޕީއެމަށް މި ސަރުކާރުން ކުރާ ދުއްތުރާތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގެނެސްދިން ތަރައްގީ ފެނި އެކަމާއި ކަންބޮޑުވެގެން ކުރާ ކަމުގައި ޝިފާގް ސިފަކުރެއްވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކުރައްވައި ޝިފާގް ވިދާޅުވީ ޕީޕީއެމްގެ މިލްކު ވެރިކަން ޖަހައިގަތުމަށް މިއަދުގެ ކޯލިޝަންގައި ހިމެނޭ އެއް ޕާޓްނަރު އުޅުއްވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވަނީ ޕީޕިއެމް އަށް ރައްޔިތުން ކުރާ އިހްތިރާމާއި ތާއީދު ރައީސް ޔާމީނަށް އޮތްލެތް ބޮޑުކަމުން ކަމުގައި ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ތާއީދު ރައްޔިތުންގެ ކުރިމަތީގައި ކުޑަކަން ފާހަގަކުރައްވައި  ޝިފާގު ވިދާޅުވީ  އެމްއާރުއެމް އުފެއްދުމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެޕާޓީ އަށް ހިޖުރަކޮށްފައިނުވާ ކަމަށެވެ. އެކަމުންވެސް އެނގިގެންދަނީ ޕީޕީއެމްގެ ލީޑަރޝިޕް ހެދިބޮޑުވާ ކަމާއި ރައްޔިތުން ރައީސް ޔާމީން ބަލައިގަނެފައިވާ މިންވަރުކަމުގައި ކަމަށާއި ރައީސް މައުމޫނަށް ޕީޕީއެމް ކޯޓް މެދުވެރިކޮށް ފޭރި ނުގަނެވުނީ އެހެންވެގެން ކަމުގައެވެ.

ޕީޕީއެމްއަށް ދިމާވަމުން ދިޔަ އުނދަގޫތަކުގެ ސަބަބުން ރައީސް ޔާމީނަށް ތާއީދު ކުރާ މީހުންނަށް އެހެން ސިޔާސީ ޕާޓީއެއްގެ ހިޔާވަހިކަން ދޭންޖެހުނު ކަމަށާއި ޕީއެންސީ ވުޖޫދުވީ އެހިސާބުން ކަމުގައި ޝިފާގް ވިދާޅުވިއެވެ.

ރައްޔިތުންނަށް އަޅާކިޔާލެވޭނެ ވެރިކަމެއްގެ ގޮތުގައި ފެންނަން އޮތީ ޕީޕީއެމްގެ ވެރިކަން ކަމަށާއި އެއާއި އަޅާކިރޭނެ އިތުރު އެއްވެސް ވެރިކަމެއް މިހާތަނަށް ފެނިފައިނެތުމުން ޕީޕީއެމްއަށް އެކަމުގެ އުނދަގޫ އާއި ދުއްތުރާ ތަހައްމަލު ކުރަން ޖެހެނީ ކަމުގައި ޝިފާގް ވިދާޅުވިއެވެ.

އެކަމަށް އިޝާރަތް ކުރައްވައި ޝިފާގް ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސް މުއްދަތުޖަހަމުން ގެންދާއިރު އޭނާ ފެނިފައިވަނީ މީހަކާ ސަލާމްކުރި މަންޒަރު އެކަނި ކަމުގައެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ލީޑަރޝިޕްގެ ބޭފުޅުންގެ ބޮލުގައި ތުހުމަތުތައް އަޅުވައި އަނިޔާ ކުރަމުންދާއިރު މިސަރުކާރުގެ އިސްވެރިންގެ ހާލަތު އެންމެ މަތީ އިމާމު ކަމަށް ވާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުން ފެށިގެން އެންމެ އާދައިގެ މެމްބަރާއި ދޭތެރޭގައި ބެލި ކަމުގައި އޮތް ނަމަވެސް ވައްކަމާއި ކޮރަޕްޝަނަށް ބެލި ކަމުގައިވީ ނަމަވެސް އަދި ބަދު އަހްލާގީ އަމަލުތަކާއި ﷲ ސުބްހާނަހޫ ވަތައާލާ ރަށްތައް ބަންޑުން ޖެއްސެވި އެންމެ ނުބައި ނުލަފާ ކަންތައް ކަމުގައި ބެލިކަމުގައި ވީ ނަމަވެސް އެމަންޒަރު ފެނިގެން ދަނީ ކޯލިޝަންގެ ތެރެއިން ކަމުގައި ޝިފާގު ވިދާޅުވިއެވެ.

ޝިފާގު ވިދާޅުވީ އެފަދަ މަންޒަރެއް ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ތެރެއިން ފެނިގެން ނުދާ ކަމުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: