ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ ދޫކޮށް ހިސްޓޯ ރައީސް ޔާމީންގެ ޕީއެންއެފްއަށް!

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ކުރީގެ ސެކޭޓްރީ ޖެނެރަލް ޝިފާގު މުފީދު/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ކުރީގެ އެސްޖީ ޝިފާގް މުފީދު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާ ޕީޕަލްސް ނެޝަނަލް ފްރޮންޓްއަށް ސޮއި ކޮށްފިއެވެ.

ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ޝިފާގު ޕީއެންއެފްއަށް ސޮއި ކުރެއްވީ މިރޭގެ ވަގުތެއްގަ އެވެ.

ޕީއެންއެފް އަށް ސޮއި ކުރުމަށްފަހު ޝިފާގް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިއްލާގެ ތެރެއަށް ވަކި މީހެއްގެ ބާރާއި ނުފޫޒު ފޯރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މަގާމުތައް ދިނުމުގައި ކަންބޮޑުވުން ހިމެނޭ ގޮތަށް މަގާންތައް ދީފައިވާ ކަމަށެވެ. އެބޭފުޅާއަކީ މަގާމަކަށް އެކަށީގެވާ ގާބިލިއްޔަތު ފަރާތެއް ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު މާގަމުތައް ދީފައިވަނީ ކިރުބޯ ޅަ ކުދިންނަަށް ކަމަށެވެ.

ޝިފާގް ޕީއެންސީން އިސްތިއުފާދެއްވީ އިއްޔެ ރައީސް މުއިއްޒަށް އެޑްރެސް ކޮށް ފޮނުއްވި ސިޓީ އެއްގައެވެ. އެސިޓީގައި ބުނެފައިވަނީ އެމަނިކުފާނުވެސް ހިމެނިވަޑައިގަންނެވި ޕާޓީ ހިނގަމުންދިޔައީ ހައްދުންމަތިން އައި މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި ޕާޓީ މެމްބަރުންގެ މޫނަށް ހައްޕުނޑު ބުރުވާ އުސޫލުންކަމަަށެވެ.

އެހެންނަމަވެސް އެފަދަ ހާލަތެއްގައި މެމްބަރުންގެ މޫނުމަތި މާލީސް ކޮށްގެންވެސް މެމްބަރުންގެ މާޔޫސްކަން ފިލުވައި ދިވެހިންގެ ރާއްޖެ ދިވެހިން އެދޭ މަގަށް ރައީސް މުއިއްޒު އާއި ޕީއެންސީއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެވޭކަމަށެވެ.

 

 

 

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: