ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތު!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓަކައި އާ ޕާަޓީއެއް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ޑރ.މުހައްމަދު ޖަމީލު އަހުމަދާއި މުހައްމަދު މަލީހު ޖަމާލް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ކޮމިއުކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ތުހުމަތު ކުރައްވައިފިއެވެ.

މަލީހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފްގެ ޖަލްސާތައް ހުއްޓުވުމަށްޓަކައި ސަރުކާރުން އަންގައިގެން ސްޓެލްކޯގެ އެމްޑީ ގިޔާސުއްދީން ސްކޫލު ހޯލަށް ކަރަންޓު ނުދީ ހިފަހައްޓައިފައިވާކަމަށެވެ. މަލީހު ވިދާޅުވީ ރޭ ކަރަންޓުދޭން އައި ކުއްޖާވެސް ހުއްޓުވައިފައި ވާކަމަށެވެ.

މަލީހު ވިދާޅުވީ މިރޭގެ ޕީއެންއެފް ޖަލްސާ ކަނު އަނދިރީގައި ބާއްވަން ޖެހުނު ނަމަވެސް ބާއްވާނެ ކަމަށެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ކެންސަލް ކުރުމަށް ފަހު މިރޭ ބައްދަލުވުން އޮންނާނެކަމަށް އަނެއްކާވެސް އެ ޕާޓީގެ ފަރާތުން ވަނީ އިއުލާނުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމް ދޫކުރައްވައި ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، ސަރުކާރުން އެމަނިކުފާނު މިނިވަން ކުރުމަށް އެއްވެސް އިހުލާސްތެރިކަމެއް ނުގެންގުޅޭކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ނުކުރައްވަ އެވެ.

ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށި ނަމަވެސް، 3000 މެމްބަރުންގެ ސޮއި ހަމަކޮށް ހުށަހެޅުން ލަސްވެ އެ ހުއްދަ ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރައީސް ޔާމީން ތުހުމަތު ކުރައްވާ ގޮތުން ޕީއެންއެފްގެ ރެޖިސްޓްރޭޝަންގެ ހުއްދަ ލިބުން ލަސްވީ ސަރުކާރުން އެކަމަށް ހުރަސް އެޅުމުންނެވެ.

ޕާޓި އުފެއްދުމުގެ ޖަލްސާ މިމަހުގެ 08 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް ފަސް ކުރަން ޖެހުނީ އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ މުއްދަތު ނުދިނުމާއި ބައެއް އިންތިޒާމުތައް ހަމަނުޖެހުމުންނެވެ. އަދި ރައީސް ޔާމީން ޖަލްސާގައި ބައިވެރިވާނެކަމަށް ޕީއެންފްގެ އިސް ބޭފުޅުން ވިދާޅުވި ނަމަވެސް އެނގިފައިވާ ގޮތުން ކަރެކްޝަނުން އެ ހުއްދަ ދޫނުކުރެ އެވެ.

ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް ރައީސް ޔާމީނަށް އެއްވެސް ހުއްދައެއް ދޫކޮށްފައި ވޭތޯ، ސުވާލު ކުރުމުން ކަރެކްޝަނުން ބުނެފައި ވަނީ އެފަދަ އެއްވެސް ހުއްދައެއް ނުދޭ ކަމަށެވެ. ނޫސްވެރިން ގުރޫޕުގައި އެކަން ފާހަގަކުރުމުން، މަލީހު އަލުން އަނެއްކާވެސް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޖަލްސާގައި މާދަމާ ރޭ ބައިވެރިވާނެ ކަމަށެވެ.

މިރޭ ޖަލްސާ ބާއްވާނެ ކަމަށް މަލީހު ވިދާޅުވެފައިވާއިރު އެ ޖަލްސާގައި 300 މީހުން ހަމަ ނުވާ ނަމަ ޖަލްސާ ނުބޭއްވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: