ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އުފައްދަން ހުށަހެޅީ 3370 ފޯމު، ބައެއް މައްސަލަތަކާއި ހުރެ ސައްހަވީ 1976 ފޯމު!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3370 މެމްބަރުންގެ ފޯމްގެ ތެރެއިން ސައްހަވީ 1976 ފޯމް ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ޕީއެންއެފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ޕީޕީއެމުން ވަކިވެ، ރައީސް ޔާމީން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަދި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލުގެ އެހީގައި އުފައްދަ ޕާޓީ އެވެ. ދެ ރައީސުން ދެ މިސްރާބަކަށް މަސައްކަތް ކުރަން ޖެހޭފަދަ މައްސަލައެއް ޖެހެން، ދިމާވީ ސީދާ ކޮން ހާލަތެއްގެ ސަބަބުންކަން އަދި ސާފުވެފައި ނުވާއިރު ހިޔާނާތުގެ ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރައީސް ޔާމީނަށް މީޑިއާތަކާއި އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ. އެކަމަކު ފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ، ޕީއެންއެފް ހިންގާ ހ. ހުރަފާއަށް ވަޑައިގެން ސިލްސިލާ ހަރަކާތްތަކުގައި ކޮންމެ ރެއަކު ވެސް ބައިވެރިވަމުންނެވެ.

މަޖިލިސް އިންތިހާބު ކުރިޔަށް އޮތް އިރު، މިއީ ބަންދެއްގައި ހުންނަވައި އެމަނިކުފާނު ކުރިމަތިލާން ޖެހޭ ދެވަނަ މަޖިލިސް އިންތިހާބެވެ. އޭގެ ކުރިން 19 ވަނަ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ވެސް ރައީސް ޔާމީން ހުންނެވީ ހިޔާނާތުގެ ތުހުމަތުގެ ބަންދުގަ އެވެ.

ނޮވެމްބަރު 29، 2023 ގައި ޕީއެންއެފް އުފެއްދުމަށް ދޫކުރި ހުއްދައަށް މި ހަފްތާއަށް ތިން މަސް ފުރޭއިރު ތިން ހާސް ސޮއި ހަމަކޮށް ފޯމު ހުށަހެޅީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.

ފޯމުތައް ޕްރޮސެސް ކުރުމާ ގުޅޭގޮތުން “ސަންގު ޓީވީ” އިން ސުވާލު ކުރުމުން ހަބީބް ވިދާޅުވީ ޕީއެންއެފް އިން ހުށައެޅި ފޯމްތަކުގެ ތެރެއިން 1976 ފޯމްގެ ސައްހަކަން ކަށަވަރުވެފައިވާކަމަށެވެ. އެހެންކަމުން ބާކީ ހުރި ފޯމްތަކުގެ މައްސަލަތަކަކީ ކޮބައިން މިހާރު އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރާ ބޭފުޅުންނަށް ތަފްސީލުކޮށް ދީފައިވާނެކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. ހާބީބް ވިދާޅުވީ ސައްހަ ފޯމުތަކުގެ އިތުރަށް ރަނގަޅު ކުރެވޭނެ 1313 ފޯމު ވާކަމަށެވެ.

އިތުރަށް ރަނގަޅު ކުރަންޖެހޭ ފޯމްތަކުގެ ތެރެއިން 1313 ފޯމުގައި ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި މެންބަރަކަށް ވުމަށްޓަކައި ސޮއި ކުރިއިރު ބައެއް ތާރީހް ތަކުގައި މައްސަލަ ދިމާވެފައިވާކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަ ތަކަކީ ރަނގަޅު ކުރެވޭނެ ކަންކަން ކަމަށާއި، އެމައްސަލަތައް ހައްލުކުރުމުން ފޯމު ސައްހަ ކަމަށް ބަލައިގަނެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. ރަޖިސްޓްރަރގެ ފަރާތުންނާއި ޕާޓީގެ ފަރާތުން ވެސް ފުރިހަމަ ކުރަންޖެހޭ ބައިތައް ހުރި ފޯމްތައް ހުރިކަމަށް ހަބީބް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ފޯމުގެ ތަކުގެތެރެއިން 81 ފޯމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ނުވަތަ ސައްހަ ފޯމުތަކެއް ނޫންކަމަށް ހަބީބް ވިދާޅުވިއެވެ. ޕީއެންއެފް އުފެއްދުމަށްޓަކައި 3،000 މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: