ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީ އިން ދީފި!

ޔާމީންގެ ޕީއެންއެފް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީ އިން ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާތީ، މއ.ކާމިނީހުޅަނގުގެ، ޒެއިން ޔާމީން އަބްދުލްގައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާ ޕީއެންއެފް އުފެއްދުމަށްޓަކައި 3،000 މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ޕާޓީ ގެ މެމްބަރުންގެ ސޮއި ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފައިވަނީ ފެބްރުއަރީ މަހުގައެވެ. ޕީއެންއެފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ޕީޕީއެމުން ވަކިވެ، ރައީސް ޔާމީން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަދި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލުގެ އެހީގައި އުފައްދަ ޕާޓީ އެވެ.

ދެ ރައީސުން ދެ މިސްރާބަކަށް މަސައްކަތް ކުރަން ޖެހޭފަދަ މައްސަލައެއް ޖެހެން، ދިމާވީ ސީދާ ކޮން ހާލަތެއްގެ ސަބަބުންކަން އަދި ސާފުވެފައި ނުވާއިރު ހިޔާނާތުގެ ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރައީސް ޔާމީނަށް މީޑިއާތަކާއި އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ. އެކަމަކު ފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ، ޕީއެންއެފް ހިންގާ ހ. ހުރަފާއަށް ވަޑައިގެން ސިލްސިލާ ހަރަކާތްތަކުގައި ކޮންމެ ރެއަކު ވެސް ބައިވެރިވަމުންނެވެ.

މަޖިލިސް އިންތިހާބު ކުރިޔަށް އޮތް އިރު، މިއީ ބަންދެއްގައި ހުންނަވައި އެމަނިކުފާނު ކުރިމަތިލާން ޖެހޭ ދެވަނަ މަޖިލިސް އިންތިހާބެވެ. އޭގެ ކުރިން 19 ވަނަ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ވެސް ރައީސް ޔާމީން ހުންނެވީ ހިޔާނާތުގެ ތުހުމަތުގެ ބަންދުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: