ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެންފް ޖަލްސާ ބޭއްވުމަށް ހުއްދަ ދެވެން ނެތްކަން ޢިޔާސުއްދީން ސްކޫލުން އެންގި!

ޮޫޕީއެންއެފްގެ ޖަލްސާ ބޭއްވިޔަ ނުދޭން ފުލުހުން ޣިޔާސުއްދީން ސްކޫލުގެ ބޭރުގައި ހަރަކާތްތެރިވަނީ. ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންއެފް އުއްފެއްދުމުގެ ޖަލްސާ ބޭއްވުމަށް އެ ޕާޓީއިން ތައްޔާރު ވެފައިވާއިރު އެ ޖަލްސާ ބެއްވުމަށް ހުއްދަ ދެވެން ނެތްކަން ޢިޔާސުއްދީން ސްކޫލުން ޕީއެންއެފްއަށް އެންގިކަން ހާމަވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާ ހުއްދަ ނެތި ބޭއްވުމަށް ތައްޔާރު ވުމުން އެ ޖަލްސާ ހުއްޓުވުމަށްޓަަކައި ފުލުހުން ވަނީ އެ ސަރައްހައްދުގައި ހަރަކާތްތެރިވެފައެވެ. ޕީއެންއެފް އުފެއްދުމަށް އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މަލީހުއަށް ޢިޔާސުއްދީން ސްކޫލްގެ ފަރާތުން ފޮނުވާފައިވާ މެއިލް ވަނީ މީޑިއާތަކަށް ހިއްސާކޮށްފައެވެ. މެއިލްގައި ބުނެފައި ވަނީ ދިމާވި މައްސަލައަކާއި ގުޅިގެމް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ބޭއްވުމަށްޓަކަައި އެ ސްކޫލުގެ ހޯލު ދެވެން ނެތް ކަމަށެވެ.

މީގެއިތުރުން އެ ހޯލު ކުއްޔަށް ނެގުމަށްޓަކައި ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދިނުމަށް ބޭންކް ޑީޓެއިލްސް ދެއްވުމަށްވެސް ވަނީ އެދިފައެވެ. އެހެންނަމަވެސް މަލީހު ވަނީ މިކަން ދޮގުކޮށް ޕީއެންއެފް އާއި އެކު އޮތް އެގްރީމެންޓު ދެމިއޮތް ކަމަށް ބުނެފައެވެ. އަދި ޕީއެންއެފްގެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އެ ސްކޫލުގެ އެއްބާރުލުމާއި އެކުކަމަށް ވިދާޅުވިއެވެ.

ފުލުހުން ޖަލްސާ ހުއްޓު،ވުމާއި ގުޅިގެން މައުލޫމާތު ދެއްވާ ވިދާޅުވީ ޣިޔާސުއްދީން އިންޓަރނޭޝަނަލްގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ، އަދި ހުއްދަ ދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެދިފައިވާކަމަށެވެ. ޝިފާން ވިދާޅުވީ އެ ސްކޫލުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެފަދައިން އެދިފައިވާ ކަމަށާއި އަދި އެކަން ތަންފީޒުކުރުމަށް މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ.

އެހެންކަމުން އެ ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއްވުން ހުޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ފުލުހުން ދަނީ އެޓެންޑް ވަމުން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: