ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ ރައްޔިތުން ނަޝީދަށް ގޮވާލީ، އެ ގައުމުގެ ކަންކަމާއި ނުބެހެން!

ސްރީލަންކާގެ އިގްތިސާދީ ހާލަތު ދަށަށް ދިއުން: ފޮޓޯ އޭއެފްޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގެ ވެރިކަމާއި ދެކޮޅަށް ކުރަމުންދާ އިހުތިޖާޖުތަކުގައި، އެ ގައުމުގެ ބައެއް މީހުން ވިކްރަމަސިންހަގެ ގެކޮޅުގައި ހުޅުޖެހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރި ކުރައްވައި ލަންކާގެ އެތެރޭގެ މައްސަލަތަކަށް ވާހަކަ ދައްކަވާތީ މީޑިއާތަކާއި އާއްމުންގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ލޯނުތަކުގެ މައްޗަށް ލޯނު ނެގުމުގެ ސަބަބުން އިގްތިސާދު އިނދަ ޖެހިފައިވާ ލަންކާ ބަނގުރޫޓުވެފައިވާއިރު އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ރާޖަޕަކްސާގެ އާއިލާއިންކަމަށް އެ ގައުމުގެ ރައްޔިތުން ގަބޫލު ކުރެ އެވެ. ދިގު ދެމިގެން ގޮސްފައިވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިދިޔަ ހޮނިހިރު ދުވަހު ވިކްރަމްސިންހަންގެ ގެކޮޅުގައި ހުޅު ޖަހައި އާއްމުން އިމާރާތުގެ ތެރެއަށް ވަދެގަތް މައްސަލަ ކުށްވެރިކޮށް ރައީސް ނަޝީދު ވަނީ ޓްވީޓުތަކެއް ކުރައްވާފަ އެވެ. އަދި ލަންކާއަށް މިވަގުތު ބޭނުންވަނީ ރަނގަޅު ލީޑަރެއްކަމަށް ވެސް ވިދާޅުވި އެވެ.

ރަނިލްގެ ދިފާއުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓުތަކުގައި ވިދާޅުވީ އިމާރާތުގައި ރޯކުރުމުން ވާނެ އެއްވެސް ފައިދާއެއް ނެތްކަމަށާއި، އޭނާ މަގާމާއި ހަވާލުވެ ލަންކާގެ މަސްރަހު ހަމައަކަށް އެޅުވުމަށް މަސައްކަތް ފެށިތާ އަދި މާގިނަ ދުވަހެއް ނުވާކަމަށެވެ.

ރައީސް ނަޝީދަށް ރައްދުދީ ބައެއް މީހުން ބުނީ ރަނިލް ލަންކާގެ ވެރިކަމާއި ގުޅުން ހުރި އެކި މަސައްކަތްތަކުގައި އުޅޭތާ 50 އަހަރާއި ގާތްވެފައިވާކަމަށެވެ. އަދި ގައުމުގެ ބޮޑު ވަޒީރުންގެ ގޮތުގައި ތިބި އެހެން މީހުންނާއި، ރަނިލްގެ ދެމެދު ހުރި ތަފާތު ރައީސް ނަޝީދަށް ނޭނގެނީތޯ ސުވާލު އުފެއްދި އެވެ.

ރާޖަޕަކްސާގެ އާއިލާއާއި ރާއްޖެ ދެމެދު އޮންނަ ގާތް ގުޅުމަށް ވެސް ފާޑުކިޔައި ލަންކާގެ ބައެއް މީޑިއާތަކުން ވަނީ، ރައީސް ނަޝީދާއި އެ މީހުންނާއި އެއްވެސް ތަފާތެއް ނެތްކަމަށެވެ.

މުޒާހަރާތަކުގެ ތެރެއިން 2 މީހަކު މަރުވެ އެތައް ބަޔަކަަށް ބޮޑެތި އަނިޔާތަކެއް ލިބި ނޫސްވެރިންނަށް ކުރަމުންދާ ޖެއްސުން ރައީސް ނަޝީދަށް ނުފެނޭތޯ ލަންކާގެ ބައެއް މީހުން ދިން ރައްދުގައި ވެއެވެ. އެ މީހުން ގޮވާލީ ރައީސް ނަޝީދު ލަންކާގެ ކަންކަމުގެ ތެރެއަށް ވާހަކަ ނުދެއްކުމަށެވެ. ރައީސް ނަޝީދުގެ ހަގީގީ ކަންބޮޑުވުމަކީ ކޮބައިތޯ ސުވާލު އުފައްދައި، ދީފައިވާ ބައެއް ރައްދުތަކުގައި ލަންކާގެ ކަންކަމުގައި އޮތީ ކޮން ދައުރެއްތޯ ވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދު ދިން ގިނަ މީހުން ވަނީ، މުޒާހަރާތަކުގައި ފުލުހުން މީހުންނަށް އަނިޔާ ކުރި ވީޑިއޯތައް ހިމަނާފަ އެވެ. އަދި އެކަންކަން ކުށްވެރި ކުރަން ނުކެރެނީތޯ ބުންޏެވެ. ބައެއް މީހުން ވަނީ ރައީސް ނަޝީދު މިފަދަ ޓްވީޓު ކުރުމަށް ރާޖަޕަކްސާގެ އާއިލާ އަދި ރަނިލް ފައިސާ ދޭތޯ ވެސް ސުވާލުކޮށްފަ އެވެ. އަދި އެ އާއިލާއަށް ރާއްޖޭގައި ހިމާޔަތް ދެނީތޯ ވެސް ބުނެ ފާޑުކިޔާފައި ވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓުތަކަށް ބައެއް ދިވެހިން ވެސް ރައްދު ދިން އިރު، ގިނަ މީހުން ގޮވާލީ 2012 ގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވުމަށް ފަހު ދެން ހިނގައިދިޔަ ކަންކަން ހަނދާނަށް ގެނައުމަށެވެ. އަދި ރާއްޖޭގެ ހާލަތްތަކާއި ގުޅޭގޮތުން، މިހާ އިސްކަމެއް ދީގެން ޓްވީޓު ކުރައްވައި ކަންބޮޑުވުން ފާޅު ނުކުރަނީ ކީއްވެގެން ތޯ ސުވާލު ކުރި އެވެ.

ލަންކާގައި ރާޖަޕަކްސާގެ އާއިލާއިން ކުރަމުންދިޔަ ވެރިކަމާއި ދެކޮޅަށް އެތައް ބަޔަކު ނިކުތީ ގައުމުގެ އިހްތިސާދީ ހާލަތު ދަށްވެ ތަކެތީގެ އަގުތައް ދަށްވުމުންނެވެ. އަދި އުފެދުނު ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން މަހިންދަ ރާޖަޕަކްސާ އިސްތިއުފާ ދިނުމުން މަގާމާއި ހަވާލުވީ ރަނިލް އެވެ. ލަންކާގެ މާލީ ހާލަތު ރަނގަޅު ކުރުމަށްކަމަށް ބުނެ، ހާއްސަ މަަންދޫބެއްގެ ގޮތުގައި ރައީސް ނަޝީދު ހަމަޖެއްސީ ރަނިލް އެވެ.

 

ވަރަށް ގަދަ
76%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. މަސްދަރު ހާމަކުރަން މިމީހުން ބިރު ގަންނަނީ ދޮގު ޚަބަރު މިހެން ނުފެތުރޭނެތީ. އަމިއްލައަށް އެންމެ ޓްވީޓެއް ކޮށްފަ ފިތުނަ އުފައްދަފާނެ މިކަހަލަ މަސްދަރު ސިއްރުކުރަން އުޅޭ ނިއުސްވެރިން ރައްޔިތުންނޭ ޖަހާފަ. ރާއްޖޭގެ ނޫސްވެރިންހާ ފިތުނަވެރި ބަޔަކު މިގައުމަކު ނެތް. މީހުންނާމެދު ނަފުރަތާއި ރުޅިވެރިކަން ނުހައްގުން އުފެއްދުމުގަ ހައްދެއް ނެތް. މިވެސް އެކަމު މިނިވަންކަމޯ. ސާބަސް ކުދިންނޭ.

  2. އައްނި ކަލޭ ލަންކާ ހަމަޔަކަށް އަޅުވަން އެތަނަށް ދޭބަލަ. މިރާއްޖޭގާ ހުރެގެން ތިޔަސަކަރާތް ނުޖަހާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: