ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ދާއިރާއަށް ބޭނުންވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ނިޒާމެއް: ދިރާސާ

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމީ ދާއިރާއަށް ބޭނުންވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ނިޒާމެއްކަމަށް “އެދުރުންގެ ފަންނު: ގޮންޖެހުންތަކާއި ހުށަހެޅުންތައް” މި ނަމުގައި ތައްޔާރުކުރި ރިޕޯޓުން ދައްކައިފިއެވެ.

ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރައްވަން ނިންމަވައި ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސާލިޙް، އެކަން އިޢުލާންކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައެވެ.

ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ މި ގުރޫޕާއި ދިރާސާގެ މަސައްކަތް ހަވާލުކުރެއްވީ 31 އޮކްޓޫބަރު 2021 ގައެވެ. މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމާއި، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަނެ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށްދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމެވެ. އަދި ދިރާސާގެ އަލީގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ހުށަހެޅުންތަކެއް ހުށަހެޅުމެވެ.

އެގޮތުން ހުށައެޅިފައިވާ ކަންތައްތަކުގެ ތެރޭގައި ސްކޫލުތަކުގައި އިތުރަށް ތިބިކަމަށް ފާހަގަކުރެވޭ މުދައްރިސުންނާއިމެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމާއި މުވައްޒަފުން ރެކްރޫޓް ކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި އަދި މުދައްރިސުންގެ ވާކް ލައިފް ބެލަންސް ހާސިލް ކުރުމަށް މަގުފަހިކުރުމުގެ އިތުރުން މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަށް ހަމަކުރުމަށްވެސް ހުށައެޅިފައިވެއެވެ.

މީގެ އިތުރުން މުދައްރިސުންގެ ފަށާ ތަމްރީނު ތަރައްގީކޮށް، ކޯސްތަކުގެ ފެންވަރު ހިދެހެއްޓުމާއި ކަށަވަރުކުރުމަށްޓަކައި މުދައްރިސްކަމުގެ ފަށާ ތަމްރީނު ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ ދާއިރާއާއި ގުޅީން ހުރި ފައުންޑޭޝަން ކޯހެއްކަމަށް ކަނޑައަޅައި، އޯލެވެލްގެ އިނގިރޭސިން ފާސްވުން ނުވަތަ އެއްފެންވަރު ހުރިކަން ސާބިތު ކޮށްދިނުންކަމުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި އިންތިޒާމް ކުރެވިފައިވާ ރަނގަޅު ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ނިޒާމެއް ގާއިމް ކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްވެސް ވަނީ އެދިފައެވެ.

މި ދިރާސާއިން، މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށްފައިދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މުސާރަކުޑަވުމާއި، މަސައްކަތް ބުރަވުމާއި، މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިނުވުމާއި އަދި މަސައްކަތު މާޙައުލުގެ ވަޞީލަތްތައް ނެތުންފަދަ ކަންތައްތައް ފާހަގަވިއެވެ. މި ރިޕޯރޓް ވަނީ 9 މާރިޗު 2022، ދުވަހު ރިސާރޗް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައެވެ. ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެކަން ވަނީ އިޢުލާންކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: