ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ހައްޖުވެރިން ރާއްޖެ އަންނަން ފަށާނެ!

ދިވެހި ހައްޖުވެރިންތަކެއް/ ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ދިވެހިން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.

މި އަހަރުގެ ހައްޖިގެ އަޅުކަން އަދާ ކުރުމަށް ގޮސް ތިބި ދިވެހިން އެނބުރި ރާއްޖެ އަންނާނީ ތިން ގްރޫޕެއްއްގެ ގޮތުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ބެޗް މިމަހުގެ 20 ވަނަ ދުވަހު، އަދި ދެވަނަ ބެޗު 23 އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ބެޗު އައުމަށް ހަމަޖެހިފައި ވަނީ 27 ވަނަ ދުވަހު އެވެ.

ހައްޖު މިޝަނުން ބުނީ ރާއްޖެއިން ޙައްޖަށް ދިޔަ 453 ދިވެހިން އައްޔާމުއްތަސްރީޤުގެ ފުރަތަމަ ދުވަހު ތިން ޖަމުރާއަށް ހިލަ އުކުމަށްފަހު މައްކާގެ ދިވެހިންނަށް ހާއްސަކޮށްފައިވާ ހޮޓަލަށް ގޮސްފައިވާކަމަށެވެ.

ކޮވިޑުގެ ސަބަބުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. އަދި އެ ހުރިހާ ކޯޓާއެއް ދޫކުރީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: