ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމަށް، އެސްޓީއޯއިން ކޮތަޅަށް އަގު ނަގަނީ!

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ބާޒާރުކުރާއިރު ފޮތި ކޮތަޅު ބޭނުންކޮށްގެން ހަދިޔާ ލިބޭ ކެންޕެއިންފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރުމުގެ ސިޔާސަތުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރި ކުރުމުން ކޮތަޅު ވިއްކާ ގޮތަށް ނިންމައިފި އެވެ.

އެސްޓީއޯއިން އެކަން ހާމަކޮށް މިއަދު ބުނީ، އަންނަ ހޯމަ ދުވަހުން ފެށިގެން ކޮތަޅުތަކަށް ޗާޖު ކުރާނެކަމަށާއި، ނުވަތަ ވިޔަފާރި ކުރުމަށް އަންނައިރު ތިމާވެއްޓާއި ރައްޓެހި އަމިއްލަ ކޮތަޅު ގެނައުމަށް އެދޭކަމަށެވެ.

ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް މުދާ އަޅާ ކޮތަޅުތަކުން ޕަލާސްޓިކް ކޮތަޅުތަކަށް 2.5 ރުފިޔާ ޗާޖު ކުރުމަށް އެސްޓީއޯއިން ވަނީ ނިންމާފަ އެވެ. އަދި ކަރުދާސް ކޮތަޅުތަކަށް 2 ރުފިޔާ ޗާޖު ކުރާނެ އެވެ.

ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ފެށި ކެ/މްޕެއިނުގެ ދަށުން އެސްޓީއޯއިން “ޕްލާސްޓިކް ނޫން ގޮތެއް” ޖަހާފައިވާ ރީޔޫޒަބަލް ކޮތަޅުތައް ބަހާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: