ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޯޓަބަޔާ ގޮވައިގެން ދަތުރުކުރި ސައުދީ ފްލައިޓް ސިންގަޕޯގެ ޗަންގީ އެއާޕޯޓަށް ޖައްސައިފި

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން، ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ދަތުރު ކުރެއްވި ސައުދީ އެއަރ ލައިންސްގެ ފްލައިޓް ސިންގަޕޯގެ ޗަންގީ އެއާޕޯޓަށް ޖައްސައިފިއެވެ.

މީޑިއާތައް ރިޕޯޓުތައް ބުނާ ގޮތުން ރައީސް ގޯޓަބަޔާ ގޮވައިގެން ދަތުރުކުރި ސައުދީ ފްލައިޓް ސިންގަޕޯގެ ޗަންގީ އެއާޕީޓަށް ޖައްސާފައި ވަނީ މީގެ އެއްގަޑިއިރު ކުރިންނެވެ. އަދި ސިންގަޕޯގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ރައީސް ގޯޓަބަޔާ ސިންގަޕޯއަށް ވަޑައިގެންފިކަން  ކަޝަވަރު ކޮށްދީފައެވެ.

ސްރީލަންކާގައި ހުދުމުހުތާރު ވެރިކަމެއްކޮށް ގައުމު ބަނގުުރޫޓުވެފައިވާކަމަށް އިއުލާނު ކުރުމަށްފަހު، ރައްޔިތުންގެ ޕްރެޝަރު އިތުރުވެ، އިސްތިއުފާ ދިނުމުގެ ބަދަލުގައި، ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ގޯޓަބަޔާ ރާޖަޕަކްސާ، ރައީސް ސާލިހުގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން ދިވެހި ފަސްގަނޑުގައި ހުންނެވި ކަމުގެ މައުލޫމާތު ފެތުރެން ފެށުމާއި އެކު، ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންތަކެއް ވަނީ އެނާ އަނބުރާ ސްރީލަންކާއަށް ފޮނުވާލައި، އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައިއެވެ.

ސްރީލަންކާގައި އަލަށް އެކުލަވާލެވޭނެ ސަރުކާރުން، އެނާގެ މައްޗަށް ކުށްތަކެއްގެ ތުހުމަތުކޮށް، ހައްޔަރުކޮށްފާނެކަމުގެ ބިރު ހީވުމުން، ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާއާއި ދެކޮޅަށް، ލަންކާގެ ރައްޔިތުން އަދި ރާއްޖޭގެ ރައްޔިތުންވެސް އަޑު އުފުލަން ފެށުމާއި އެކު، އެނާވަނީ ދިވެހިރާއްޖޭގައި ފިއްލަވައިގެން ހުރުމުގެ ބަދަލުގައި އެހެން ގައުމަށް ވަޑައިގަތުމަށް ގަސްތުކޮށް، ދިވެހި ސަރުކާރުން އެނާއަށް ޕްރައިވެޓު ޖެޓެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައިކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ.

ރައީސް ގޯޓަބަޔާ އިސްތިއުފާ ދެއްވާފައި ނުވާތީ ސްރީލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރަދަނާ ވިދާޅުވެފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ރައީސް ގޯޓަބަޔާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވުމުން، އާ ރައީސަކު ކަނޑައެޅުމަށް ބާއްވާ މަޖިލީހުގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.  އެހެން ނަމަވެސް އެނާ އިސްތިއުފާ ދީފައިނުވާތީ އެ ބައްދަލުވުން ވަނީ ކެންސަލްވެފައިކަމަށާއި، ދެން ބައްދަލުވުން ކުރިއަށް ގެންދާނީ ރައީސް ގޯޓަބަޔާ އިސްތިއުފާދޭތާ ތިން ދުވަސް ފަހުންކަމަށްވެސް އެނާ ވިދާޅުވެފައިވެއެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު، ރައީސް ގޯޓަބަޔާ އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެފައިވުމުން، އެ ގައުމުގެ މަޖިލީސް ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ. އަދި މަޖިލީހުގެ ބައްދަލުވުމަކަށްފަހު، ޖުލައި މަހުގެ 18 ވަނަ ދުވަހު އާ ރައީސަކަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި، ޖުލައި މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގެ ވެރިކަމާއި އާ ރައީސަކު ހަވާލުވުމަށްވެސް ކުރިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: