ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ ރައީސްކަމަށް ތިން ބޭފުޅުންގެ ނަން ހުށައަޅައިފި

ސްރީލަންކާގެ ރައީސްކަމަށް ކުރިމަތިލުމަށް ގާނޫނު ހަދާ މަޖިލީހަށް ނަން ހުށައެޅުއްވި ބޭފުޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ސްރީލަންކާގެ ރައީސްކަމަށް ތިން ބޭފުޅުންގެ ނަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅައި އެތިން ނަން މަޖިލީހުން ބަލައިގެންފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލަންކާގެ ރައީސް ކަމުގެ މަގާމަށް ގާނޫނުހަދާ މަޖިލީހުން އިންތިހާބު ކުރުމަށް އެމަޖިލީހަށް ހުށައަޅާފައިވާ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ މިހާރުގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. އޭނާގެ ނަން މަޖިލީހަށް ހުށައެޅުއްވީ މަޖިލީހުގެ ރައީސް ދިނޭޝް ގުނަވަރްދެނައެވެ.
އޭގެއިތުރުން ހުށައެޅިފައިވާ ދެވަނަ ބޭނުމަކީ ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރަ ޑި ސަނަޔަކަ އެވެ. އޭނާގެ ނަން ހުށައެޅީ ގާނޫނު ހަދާ މަޖިލީހުގައި އެޕާޓީ ތަމްސީލު ކުރައްވާ މެމްބަރެއްކަމަށްވާ ވިޖީތާ ހެރަތުއެވެ. ރައީސް ކަމުގެ މަގާމަށް ނަން ހުށައެޅުނު ތިންވަނަ ބޭފުޅަކީ ސްރީލަންކާގެ ޕޮޑްޖަނާ ޕެރެމުނާ އެސްއެސްޕީޕީގެ މެމްބަރު ދަލަސް އަލަހައްޕެރުމާއެވެ. އޭނާގެ ނަން ހުށައެޅީ އިދިކޮޅު ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދާސަ އެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން އިދިކޮޅުޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަކުރެއްވުމަށް ހަމަޖެހިފައިއޮތީ ސަޖިތު ޕްރެމަދާސައެވެ. ނަމަވެސް މިއަދު އޭނާ ނަން އަނބުރާ ގެންދަވައި އޭނާގެ ފަރާތުން ދުއްލާސްގެ ނަން ހުށައެޅުއްވިއެެވެ. ރައީސް ކަމުގައ މަގާމަށް ރަނިލް ވާދަކުރައްވާނެކަމުގެ އަޑުތައް ފެތުރުމާއި ގުޅިގެން އޭނާ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. ނަމަވެސް ރަނިލް ވިދާޅުވާގޮތުގައި ގައުމުގެ ރައީސްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރުމަށް ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓުން ގޮތެއް ނިންމުމާ ހަމައަށް ވަގުތީ ރައީސްގެ މަގާމުގައި ދެމި ހުންނަވާނެއެވެ.

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީލަންކާގެ ރައީސް ކަމުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ގޯޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ފަށާފައިވާ މުޒާހަރާތައް ހޫނުވެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ އެތައް ހަމަނުޖެހުންތަކެއް ހިންގަން ފެށުމާއެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: