ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮޓަބަޔާއަށް ސަލާމަތެއް ނުވެވުނު! 15 ދުވަސްތެރޭ ސިންގަޕޫރުން ފައިބަން އަންގައިފި!

ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ކުރިއަށް އޮތް 15 ދުވަސްތެރޭ ސިންގަޕޫރުން ފައިބައިގެން ދިއުމަށް އެގައުމުގެ ސަރުކާރުން އޭނާ އަށް އަންގައިފިއެވެ.

ރާޖަޕަކްސަ ސިންގަޕޫރަށް ގޮސްފައިވަނީ ވޭތުވެދިޔަ ހަފްތާގައި ލަންކާގެ އަސްކަރީ އުޅަނދެއްގައި ރާއްޖެ އައުމަށްފަހުގައެވެ. ރާއްޖެއަށް ގޮޓަބަޔާ އައީ ސިންގަޕޫރަށް ދިއުމަށް ޓްރާންސިޓްވުމަށެވެ. ގޮޓަބަޔާ ރާއްޖެއިން ފުރާފައިވަނީ ސައުދީ އެެއަރލައިން މެދުވެރިކޮށެވެ.

އިންޑިއާގެ ޑީއެން އިންޑިއާ އާއި ނިއު އިންޑިއަން އެކްސްޕްރެސް ނޫހުގައި ޝާއިރުކޮށްފައިވާ ގޮތުގައި ގޮޓަބަޔާ އާއި އޭނާގެ އަނބިކަނބަލުންނާއި އޭނާގެ ދެ ބޮޑީގާޑުން 15 ދުވަސް ތެރޭ ސިންގަޕޫރު ދޫކޮށް ދިއުމަށް ވަނީ އަންގާފައެވެ. އަދި އެ މުއްދަތު އިތުރު ކުރުމަށް ސިންގަޕޫރުގެ ސަރުކާރުން ނިންމާފައިނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ސިންގަޕޫރު ދޫކޮށްދިއުމަށް އެގައުމުން ގޮޓަބަޔާ އަރިހުގައި އެދިފައިވުމުން އޭނާ ވަނީ އިންޑިއާގެ ހިމާޔަތް ހޯދުމަށް އެދިފައިކަމަށް ވެއެވެ. ނަމަވެސް އެކަމާ އިންޑިއާއިން ވަނީ ދެކޮޅު ހަދާފައެވެ.

ގޯޓަބަޔާ ރާޖަޕަކްސާވަނީ ގައުމު ދޫކުރައްވާ ފުރާވަޑައިގަތުމަށް، އެގައުމުގެ މައި ވައިގެ ބަނދަރު، ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ވަޑައިގެންފައިއެވެ. އެހެން ނަމަވެސް، އެތަނުގައި ހާޒިރުވެ ތިބި މުއައްޒިފުން، އެނާއަށް ހިދުމަތް ނުދިނުމުގެ ސަބަބުންނާއި، ރައްޔިތުންގެ އަތް ދަށުވެދާނެކަމަށް އާންމުން ފްލައިޓަށް އެރުމަށް ބޭނުން ކުރާ މަގުގެ ބޭނުން ކުރުމަށް ފަސްޖެހުމުގެ ސަބަބުން އެނާއަށްވަނީ އެކަން ކާމިޔާބުވާގޮތް ނުވެފައިއެވެ.

ލަންކާގެ މައި ވައިގެ ބަނދަރުގެ ބޭނުންކޮށް، ބޭރަށް ފުރާ ވަޑައިގަތުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން، ރައީސް ގޯޓަބަޔާ ދެން މަސައްކަތްކުރެއްވީ، އަސްކަރީ އުޅަނދެއްގެ ބޭނުންކޮށް، ސިންގަޕޫރަށް ވަޑައިގަތުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް، އަސްކަރީ އުޅަނދަކަށް ސިންގަޕޫރުން ކްލިއަރެންސް ދީފައިނުވުމުން، އެނާ ވަނީ ދިވެހި ސަރުކާރާއިއެކު، ގޮތް ނޭގޭ އެއްބަސްވުމެއް ގާއިމު ކުރުމަށް ފަހު އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގެންފައިއެވެ. އެކަން ކުރެއްވީ ލަންކާގެ ރައީސްގެ ހައިސިއްޔަތުން އޭނާއަށް ލިބޭ ގާނޫނީ ބާރުތަކުގެ ދަށުންނެވެ.

ވަރަށް ގަދަ
2%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 11%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. އަޑުތައްއިވޭ ގޮތުގަ ނަޝީދަށް 10 މިލިއަން ދެންހުރިމީހާޠައް 10މިލިއަން ދީޣެން ރައްޖެ ހަމަޖެއްސީ

  2. އަނބިކަނބަލުންނާއި އޭނާގެ ދެ ބޮޑީގާޑުން 15 ދުވަސް ތެރޭ އިންޑިއާ ދޫކޮށް ދިއުމަށް ވަނީ އަންގާފައެވެ. އަދި އެ މުއްދަތު އިތުރު ކުރުމަށް ސިންގަޕޫރުގެ ސަރުކާރުން ނިންމާފައިނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

  3. ގޮޓަބަޔާ އާއި އޭނާގެ އަނބިކަނބަލުންނާއި އޭނާގެ ދެ ބޮޑީގާޑުން 15 ދުވަސް ތެރޭ ސިންގަޕޫރު ދޫކޮށް ދިއުމަށް ވަނީ އަންގާފައެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: