ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޯޓަބަޔާ ވަޑައިގެންނެވީ އަމިއްލަ ދަރުރުފުޅެއްގަ، ސިޔާސީ ހިމާޔަތަކަށް ނޭދޭ: ސިންގަޕޯ ސަރުކާރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން، ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ސިންގަޕޯއަށް ވަޑައިގެންނެވި ނަމަވެސް ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފައި ނުވާ ކަމަށް ސިންގަޕޯ ސަރުކާރުން ބުނެފިއެވެ.

ރައީސް ގޯޓަބަޔާ ސައިދީ އެއާލައިންގެ ފްލައިޓެއްގައި ރާއްޖެ މަގުން ސިންގަޕޯއަސް ވަޑައިގެންފައިވާކަން ސިންގަޕޯގެ ފޮރިން މިނިސްޓްރީން ވަނީ ކަޝްވަރު ކޮށްދީފައެވެ. އެގޮތުން ސިންގަޕޯ ފޮރިން މިނިސްޠްތީން ބުނެފައި ވަނީ ރައީސް ގޯޓަބަޔާ ސިންގަޕޯއަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށާއި އަދި ރައީސް ގޯޓަބަޔާ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެފަދަ ހިމާތެއް ރައީސް ގޯޓަބަޔާއަށް ސިންގަޕޯ ސަރުކާރުން ދީގައި ނުވާ ކަމަށެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ ގައުމު ދޫކުރައްވާ ރާއްޖެއަށް ފިއްލެވުމަށްފަހު، ރާއްޖޭގެ ރައްޔިތުންގެވެސް ހިތްހަމަނުޖެހުމާއި ކުރިމަތިލާންޖެހުމުގެ ސަަބަބުން، ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގެންފައެވެ.

ރައީސް ގޯޓަބަޔާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވީނަމަވެސް، އެފަދަ އެއްވެސް ބަހެއް އެނާ އަމިއްލަފުޅަށް ވިދާޅުވެފައިނުވެއެވެ. މިވަގުތު ސްރީލަންކާގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ރާޖަޕަކްސާ އާއިލާއާއި ގާތް ގުޅުމެއް އޮންނަ، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހެއެވެ. ރައީސް ގޯޓަބަޔާ އިސްތިއުފާ ދިނުމަށް ކަނޑައެޅިފައިވާ ތާރީހު ފަހަނަ އަޅައިދިއުމުގެ ސަބަބުން އެގައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައްވަނީ އިތުރުވެފައިއެވެ.

ސްރީލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރަދަނާ ވިދާޅުވެފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ރައީސް ގޯޓަބަޔާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވުމުން، އާ ރައީސަކު ކަނޑައެޅުމަށް ބާއްވާ މަޖިލީހުގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.  އެހެން ނަމަވެސް އެނާ އިސްތިއުފާ ދީފައިނުވާތީ އެ ބައްދަލުވުން ވަނީ ކެންސަލްވެފައިކަމަށާއި، ދެން ބައްދަލުވުން ކުރިއަށް ގެންދާނީ ރައީސް ގޯޓަބަޔާ އިސްތިއުފާދޭތާ ތިން ދުވަސް ފަހުންކަމަށްވެސް އެނާ ވިދާޅުވެފައިވެއެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު، ރައީސް ގޯޓަބަޔާ އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެފައިވުމުން، އެ ގައުމުގެ މަޖިލީސް ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ. އަދި މަޖިލީހުގެ ބައްދަލުވުމަކަށްފަހު، ޖުލައި މަހުގެ 18 ވަނަ ދުވަހު އާ ރައީސަކަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި، ޖުލައި މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގެ ވެރިކަމާއި އާ ރައީސަކު ހަވާލުވުމަށްވެސް ކުރިން ވަނީ ނިންމާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: