ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޯޓަބަޔާގެ އިސްތިއުފާ ރަސްމީކޮށް އިއުލާން ކުރާނީ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު

ލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭ ވަރުދަނަ: ފޮޓޯ ނިއުސްވަޔަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން ގޯޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައި ވީނަމަވެސް ރަސްމީކޮށް ރައީސްގެ އިސްތިއުފާ އިއުލާން ކުރައްވަނީ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ލަންކާގެ ޕާލަމެންޓުގެ ރައީސް މަހިންދަ ޔަޕަ އަބޭ ވަރުދަނަ ވިދާޅުވެއްޖެއެވެ.

ރައީސް ގޯޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ރައީސް ސާލިހުގެ ސަރުކާރުގެ އެހީތެރި ކަމާއިއެކު ސިންގަޕޯއަށް ވަޑައިގަތުމަށް ފަހުގައެވެ.

ރައީސް ގޯޓަބަޔާ ސިންގަޕޯއަށް ވަޑައިގަތުމަށް އިސްތިއުފާގެ ސިޓީގެ ސިޓީ އީމެއިލް މެދުވެރިކޮށް ލަންކާގެ ޕާލަމެންޓުގެ ރައީސްއަށް ފޮނުވާފައި ވަނީ މިއަދު އިރުއޮއްސުނު ފަހުންނެވެ.

ރައީސް ގޯޓަބަޔާގެ އިސްތިއުފާގެ ސިޓީއާއި ގުޅޭ ގޮތުން ލަންކާގެ ޕާލަމެންޓުގެ ރައީސް މަހިންދަ ޔަޕަ އެބޭ ވަރުދަނަ ވިދާޅުވީ ރައީސްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންނެވީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް ވާތީ ގާނޫނީ ގޮތުން އިސްތިއުފާގެ ސައްހަކަން ކަޝަވަރު ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ރައީސްގެ އިސްތިއުފާގެ ސިޓީއާއި ގުޅިގެން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހައި އިޖުރާޢަތުތަކެއް ފުރިހަމަ ކުރުމަށް ފަހު ދުވަހު ރައީސްގެ އިސްތިއުފާ ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް ޕާލަމެންޓުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރަދަނާ ވިދާޅުވެފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ރައީސް ގޯޓަބަޔާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވުމުން، އާ ރައީސަކު ކަނޑައެޅުމަށް ބާއްވާ މަޖިލީހުގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.  އެހެން ނަމަވެސް ރައީސް ގޯޓަބަޔާ އިސްތިއުފާ ދިނުން ލަސްވުމުގެ ސަބަބުން އެ ބައްދަލުވުން ވަނީ ކެންސަލްވެފައިކަމަށާއި، ދެން ބައްދަލުވުން ކުރިއަށް ގެންދާނީ ރައީސް ގޯޓަބަޔާ އިސްތިއުފާދޭތާ ތިން ދުވަސް ފަހުންކަމަށްވެސް އެނާ ވިދާޅުވެފައިވެއެވެ.

ލަންކާގެ ރައީސް ގޯޓާބަޔަ އިސްތިއުފާ ދެއްވާފައިވާއިރު ރައީސް ސާލިޙްގެ ސަރުކާރުގެ އެހީތެރި ކަމާއިއެކު ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވިއިރު ރައީސް ގޯޓަބަޔާއަށް ރާއްޖެއިން މަރުހަބާ ދެންނެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ.

އެހެނިހެން ގައުމުތަކުގެ ދާހިލީ ކަންކަމަށް ވަދެވަޑައިގަންނަ ކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ސްރީލަންކާގައި ހުދުމުހުތާރު އައިލީ ވެރިކަމެއް ކުރައްވަމުންދިޔަ، ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށް ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ރައީސް ގޯޓަބަޔާގެ އިސްތިއުފާއާއިއެކު، ސްރީލަންކާގެ ރައްޔިތުން އެގައުމުގައި މިވަގުތު ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކާއި ދުރުހެލިވެގެންދާނެކަމަށް އެނާ އުންމީދު ކުރައްވާކަމަށެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާގެ އިސްތިއުފާއާއިއެކު، އެގައުމުގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބި، ހަމަނުޖެހުންތައް ހުއްޓުމަކަށް އަންނާނެކަމަށް އުންމީދު ކުރައްވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެނާ ގަބޫލު ކުރައްވާ ގޮތުން، ފުރާނައަށް ނުރައްކައުތެރިވެފައިނުވާނަމަ، ރައީސް ގޯޓަބަޔާ އިސްތިއުފާ ނުދެއްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ، ރައީސް ގޯޓަބަޔާ، ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެހީ ވެފައިވުމަށް ތައުރީފު ކުރައްވާފައިއެވެ.

ސްރީލަންކާގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރެއްވި ރައީސް ގޯޓަބަޔާ ރާޖަޕަކްސާއަށް ތާއިދު ކުރައްވަމުންދިއުމާއި ގުޅިގެން ރައީސް ނަޝީދަށްވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައިއެވެ. އެގޮތުން ބައެއް ފަރާތްތަކުންވަނީ ރައީސް ގޯޓަބަޔާ، ރައީސް ނަޝީދު ވިދާޅުވާ ހުދުމުހުތާރު ވެރިޔާ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްވުރެވެސް ހުދުމުހުތާރު ކަމަށް ސިފަ ކުރައްވާފައިއެވެ. އެހެންކަމުން އެނާއަށް ތާއިދު ކުރުމުން ރައީސް ނަޝީދުގެ އަސްލު ކުލަވަރުތައް ފާޅުވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: