ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކަށް އަމިއްލަ އިސްނެގުމުގައި ދެން މައްސަލަތައް ނުހިންގޭނެ!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ގާއިމް ކޮށްފައިވާ އެއްވެސް ކޯޓަކަށް އެ ކޯޓެއްގެ އަމިއްލަ އިސްނެގުމަށް މައްސަލަތައް ނުބެލޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށައިފިއެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަށް މިއަދު އަމަލު ކުރަން ފަށާފައިވާއިރު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނަކުން ކޯޓަކަށް ލިބިދީފައިވާ އިޚްތިޞާޞްގެ ތެރެއިން އެ ކޯޓުން ބަލަމުންދާ މައްސަލައެއްގައި ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ކޯޓަކުން ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް ފިޔަވައި، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، އެ ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ނިންމުމެއް ނިންމައިގެންނުވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ގާނޫނުގައި “ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ނިންމާ ނިންމުން” ކަމަށް ބުނެފައި ވަނީ، ޤާނޫނެއްގެ ދަށުން ކަނޑައެޅިގެން ބާރު ލިބިދޭ ޙާލަތެއް ނޫން ޙާލަތެއްގައި، އެ ކޯޓެއްގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ގޮތެއް ނިންމާ ނިންމުމަށާއި އެ ކޯޓެއްގެ ފަނޑިޔާރުންގެ ޢާންމު މަޖިލީހުން ނިންމާ ނިންމުންވެސް ހިމެނޭގޮތުންނެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކުރުމުގެ ގޮތުން، އެ ކޯޓަކާ ގުޅޭ ކަންކަމުގައި، އިދާރީ ހިންގުމާބެހޭ ގަވާއިދުތަކާއި އުޞޫލުތައް ކަނޑައެޅުމަށް ކޯޓުތަކަށް ލިބިގެންވާ އިޚްތިޔާރަށް، ނުވަތަ ކޯޓުގެ ޙުރުމަތް ކެނޑުމުގެ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމަށް މި ޤާނޫނުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ކޯޓުތަކަށް ލިބިދޭ އިޚްތިޔާރަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ.

މީގެއިތުރުން ކޯޓުތަކުގެ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުގެ ދަށުން .ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: