ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖެއްސުމުގެ އަމުރެއް ހޯދަން އޭސީސީއިން ހައި ކޯޓަށް!

ހައި ކޯޓު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ވަގުތީ ގޮތުން މަޑު ޖައްސާލުމަށް އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށައަޅައިފިއެވެ.

މި މަސައްކަތް ހުއްޓާލުމަށް އޭސީސީއިން އެންމެ ފުރަތަމަ ފުލުހަށް އެންގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ބައެއް ފުލުހުންނަށް އޭގެ ފަހުންވެސް ޕްރޮމޯޝަން ދީފައިވެއެވެ.

މިކަމާއި ގުޅިގެން އޭސީސީއިން އޭރު ސިވިލް ކޯޓަށް މި މައްސަލަ ހުށައެޅިއެވެ. އަދި ކޯޓުގައި އެދިފައިވަނީ ފުލުހުން އޭސީސީގެ އެންގުމަށް އަމަލުކުރަން ޖެހޭނެކަމަށް ކަނޑައެޅުމަށެވެ. އަދި މި މައްސަލައާއިމެދު ވަކި ގޮތެއް ނިމެންދެން ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އޭސީސީން އެދުނެވެ. މިދިޔަ ޑިސެމްބަރު މަހު ކޯޓުން ނިންމީ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެހެންކަމުން އޭސީސީއިން ވަނީ މިދިޔަ ހަފްތާގައި ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މައްސަލަ ބަލައިގަތުމާއިމެދު ހައި ކޯޓުން ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: