ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހައި ކޯޓު.
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ގާޒީ ފަރުހާދު ރަޝީދު ސިވިލް ކޯޓު ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވީ ވަގުތީ ގޮތުންނެވެ. މަގާމު ހަވާލުކުރީ ސެޕްޓެމްބަރު މަހުއެވެ. ފަރުހާދުއާއި އެ މަގާމު ހަވާލުކުރީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) ކުއްލި ގޮތަކަށް އަވަހާރަވުމުންނެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުކަމުގައި ފަނޑިޔާރު ހުސައިން ޝަހީދު ހުންނެވީވެސް ވަގުތީ ގޮތުންނެވެ. އެ މަގާމު އޭނާއާއި ހަވާލުކުރީ މިދިޔަ އަހަރުއެވެ. އެއީ ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ، ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމުންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ވުމަށާއި ސިވިލް ކޯޓުގެ ގާޒީ ކަމަށާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ މިއަދުއެވެ. ކުރިމަތުލުމުގެ ސުން ގަނޑިއަކީ މިމަހުގެ 19 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިއެވެ.

މި މަގާމުތަކަށް ހުށަހެޅުމަށް ޖޭއެސްސީގެ ފަހިރެސް ޕޯޓަލް ބޭނުން ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: