ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ރަށްވެއްސެއްގެ އަޑު: ފައިޖެހޭ ކޮންމެ ތަނަކުން ގޯތި ދޭން ނުޖެހޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ސަރުކާރުން މިހާރު ހުޅުވާލާފައިވާ ގޯތި ދިނުމުގެ އުސޫލުތަކާއި ބޯހިޔާވެހިކަމުގެ ސިޔާސަތުތަކާއި މެދު ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެ އެވެ.

ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި “މާލެ ރައްތިތުންގެ ބައްދަލުވުން” ގައި އާއްމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި، ގޯތި ދޫކުރުމުގެ އުސޫލަށެވެ. މާލެއިން ނުވަތަ ހުޅުމާލެއިން ގޯތި ދޫކުރުމުގައި، އަމަލު ކުރަން ޖެހޭނީ އެހެން ރަށްތަކުގެ ޝަރުތުތަކާއި އެއްގޮތަށްކަމަށް ބައެއް މީހުން ބުނި ނަމަވެސް، އެ ހިޔާލާއި ދެކޮޅު މީހުން ބުނަމުން ދަނީ މާލެ އަދި ހުޅުމާލެއަކީ ވަކި ބައެއްގެ ތަނެއް ނޫންކަމަށާއި ކޮންމެ މީހަކަށް ވެސް ބޭނުން ތަނެއްގައި ދިރިއުޅުމުގެ ހައްގާއި އެކު، މާލޭގައި އުޅޭތާ އެއްތައް އަހަރުތަކެއް ވީ މީހުންނާއި އަދި ދަފްތަރު މީހުންނަށް ގޯތި ހައްގުވާކަމަށެވެ.

އާއްމުންގެ ހިޔާލަށް ފުރުސަތު ހުޅުވުމާއި އެކު އެންމެ ފުރަތަމަވެސް އުފެއްދި ބަހުސްއަކީ، ގޯތި ދިނުމުގައި މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުން މަހުރޫމްކޮށް ބަކީ ކުރަމުންދާކަމަށެވެ. އަދި އެއީ އެއްވެސް ހަމަހަމަކަމެއް ނެތް، ގޯސް ވިސްނުމެއްގެ ގޮތިގައި ފާހަގަކޮށް އުމުރުން ދުވަސްވީ މީހަކު ބުނީ އުމުރުން އެންމެ 10 އަހަރުން ފެށިގެން މާލޭގައި ދިރިއުޅޭ މީހުން ތިބިއިރު އެ ވެސް ގޯތި ހައްގުވާ ބައެއް ކަމަށެވެ. އޭނާ ތަކުރާރުކޮށް ބުނަމުން ދިޔައީ 1،400 އެއްހާ މީހުން ދަފްތަރުގައި ޖެހުނީ އަމިއްލައިން ނޫންކަމަށާއި އެއީ ބަޔަކު މީހުން އަމިއްލައިން އުފައްދައި ޖެއްސި ހާލަތެެއް ކަމަށެވެ. އެ ސަބަބާއި ހުރެ، ދަފަތްރު މީހުންނަށް ގޯތި ދިނުމަށް ހުރަސް އަޅާ ބަޔަކު އެކަން ހުއްޓާލަން ގޮވާލާކަމަށް އޭނާ ބުންޏެވެ.

“އަޅުގަނޑު ވަރަށް އަދަބުވެރިކަމާއި އެކު މި ދަންވަނީ 1،400 މީހުންގެ ހައްގުގައި.. ކޮންމެހެން ގޯތި ބޭނުންވެގެނެއް ނޫން އިނގޭތޯ…. އަޅުގަނޑު ބޭނުމެއް ނޫން ގޯއްޗެއް…  އަޅުގަނޑުގެ ހުންނާނެ ލަގްޒަރީ އެޕާޓްމަންޓެއް މިހާރު ވެސް… މި ސާދަ ސަތޭކަ މީހުން އަމިއްލައަކަށް ނޫން އެތިބީ ދަފްތަރުގައި ޖެހިގެން… ބަޔަކު މީހުން އެ މީހުން ޖެއްސީމަ އެ ތިބީ ޖެހިގެން… އެހެންވީމަ އަޅުގަނޑު ދަންވަން އޮތީ އެ މީހުން މަހުރޫމް ނުކުރައްވާށޭ… މި ބީރު އަޑު ނީވޭ ސަރުކާރަށް އަޅުގަނޑުމެން މި ބުނަނީ މި އަޑު އިއްވައިދެއްވާށޭ..” ދަފްތަރު މީހުންގެ ހައްގުގައި އަޑުއުފުލައި އޭނާ ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި، ދަފްތަރު މީހުން ބާކިކޮށް ނުލުމަށް ގޮވާލައި މީހަކު ވާހަކަ ދައްކަނީ/ ފޮޓޯ: ސިޓީ ކައުންސިލް

އޭނާގެ ވާހަކައަށް ބައެއް މީހުން ތަރުހީބު ދެމުން ދިޔައިރު، މާލޭގެ ބައެއް ރަށްވެހިން ދިޔައީ އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެއަށް ފަހު، މާލޭގެ ރަށްވެރހިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް ނަސީރު ވިދާޅުވީ، އަލަށް އާއްމު ކުރި ޝަރުތުތައް ރަނގަޅުކަމަށާއި، އެ އުސޫލުތައް އޭނާ ބަލައިގަންނަ ކަމަށެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ލިބޭނެ މަގެއް ފަހިވެފައި އޮތުމަކީ އިންސާފުވެރި ނިންމުމެއް ކަމަށެވެ. އަދި ދަފްތަރުގައި މަލޭގެ ރަށްވެހިން ވެސް ހިމެނޭ ފާހަގަކޮށް އޭނާ ވިދާޅުވީ، އަދި ދަފްތަރު އެއްކޮށް އުނިވެގެން ވެސް ނުދާކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އިބްރާހިމް ނާސިރު ޒަމާނުން ފެށިގެން ދެމިގެން އައި ދަފްތަރެއްގެ ތެރެއަށް އަނެއްކާ “ޕަމްޕު” ޖަހައި ރާއްޖޭގެ ރަށްތަކުގެ މީހުން އަނެއްކާވެސް އޭގެ ތެރޭގައި ހިމަނަން ބޭނުން ނުވާކަމަށެވެ.

“އަދިވެސް އޭގެ ތެރޭގައި ތިބި މާލޭގެ ރަށްވެހިންގެ ކަންކަން ހަމަނުޖެހިއޭ މިއޮތީ… އަނެއްކާވެސް އިތުރަށް ޕަމްޕުޖަހައި މީހުން ވައްދަން ވީއެއް ނޫނޭ.. އެކި ރަށްތަށުން.. އަޅުގަނޑުމެން މިހާރު ވެއްޖެ މިކަންތައްތައް ހައްލު ކުރަން.. މޭޔަރު މުއިއްޒު ދަފްތަރު ބަންދުކޮށްދެއްވީތީ އަޅުގަނޑު އެކަމަށް ޝުކުރު ދަންނަވަން.. އެހެންވީމަ އެގޮތަށް އޮތްކަމެއް މިހާރު މި ރަނގަޅު ކުރަން އޮތްއިރު، އަނެއްކާވެސް އެންމެ ތިން ހާސް ގޯތި ހަތްދިހަ ހާސް މާލޭގެ ރަށްވެހިންގެ ތެރެއަށް ސަތާރާ ހާސް އިތުރަށް ވައްދަން އަޅުގަނޑުމެން ބޭނުމެއް ނޫން.. އެކަމެއް އެހެން ނުކުރެވޭނެ… ދެން އެބޭފުޅާ އަމިއްލައަށް ވެސް ވިދާޅުވެއްޖެ ލަގްޒަރީ އެޕާޓްމަންޓެއްގެ ވާހަކަ ވެސް… ދެން ކޮން ވާހަކައެއް ތޯ… އެހެންވީމަ މި ދަންނަވަނީ ރަށުގެ އެބަހުއްޓޭ ގޯތި، މަންމަ ފަރާތުން ވާރުތަވާ ގޯތިވެސް އެބަހުއްޓޭ… އެހެންވީމަ ނުޖެހެއޭ އެ މީހުންނަށް ދޭކަށް..” ވާހަކަ ނިންމާލަމުން ނާޒިމް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި، ރައްޔިތުންގެ ބައްދަލުވުމުގައި މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ނައިބު ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: ސިޓީ ކައުންސިލް

ނާޒިމްގެ ވާހަކައަށް ތާއީދުކޮށް މާލޭގެ އިތުރު ރަށްވެއްސަކު ބުނީ ދަފްތަރު ބަންދު ކުރީތީ މުއިއްޒަށް ޝުކުރު ހައްގުވާކަމަށެވެ. އަމިއްލަ ބިމުގައި ދަރީން އުޅެން ޖެހިފައި ވަނީ ރެފިއުޖީންގެ ގޮތުގައިކަން މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން ދާ ކެމެރާތަކަށް ވެސް ސާފުވާނެކަމަށް އޭނާ ބުންޏެވެ.

“ތި ވިދާޅުވާ ބައެއްގެ ރަށުގައި ވާރުތަވާ ކޮންމެވެސް ގޯއްޗެއް އޮންނާނެ… އިނގޭތޯ… އެހެންވީމަ ހައްދަވަން ވީ ގޮތަކީ ވާރުތަވާ ބިމެއް ވެސް އޮތިއްޔާ އެ ވެސް ނަންގަވާ، ފްލެޓެއް އޮތިއްޔާ އެ ވެސް ނަންގަވާ.. ދެން ގޯތި ދެއްވަން ވީ އިނގޭތޯ…”

އިތުރު ހިޔާލެއް ހިއްސާކުރި ފަރާތަކުން އެންމެ ފުރަތަމަ ވެސް ފާހަގަކުރީ މާލޭގައި ގޯތި ދިނުމަށް އިއުލާން ކުރާ ހިސާބުން ދެން އުފެދޭ ބަހުސްތަކެވެ. މާލޭގައި ވަކި އަހަރުތަކެއް ވަންދެން އޭނާ ވެސް އުޅެފައިވާތީ ގޯތި ލިބެންޖެހޭކަމަށް ބައެއް މީހުން ގަބޫލު ކުރާއިރު ހަމަ އެ އުސޫލު އެހެން ރަށްތަކަށް ވެސް އޮވޭތޯ އޭނާ ސުވާލު ކުރި އެވެ.

“މާލޭގައި ގޯތި ދޭން އިއުލާން ކުރާއިރަށް ވަރަށް ބައިވަރު މީހުން ކްލެއިމް ކުރާނެ، ތިމަންނައަށް ވެސް ލިބެން ޖެހޭނެ އޭ.. މިވެނި އަހަރެއް ވަންދެން މިތާ އުޅެފީމޭ… ދުނިޔެއަށް އައީ ވެސް މިތަނަށޭ… ހަގީގަތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގޯތި ދޭން އިއުލާން ކުރާއިރު މި އޮންނަނީ އެ ރަށެއްގެ ރައްޔިތަކަށް ވުން.. އެ ރަށެއްގެ ނޫން އެހެން މީހަކަށް އެޕްލައި ވެސް ނުކުރެވޭ.. އެކަމަކު މާލެއަށް އިއުލާން ކުރާއިރަށް މިވަނީ ޓެކްސް ފައިސާއަށް.. ދިވެހި ރައްޔިތުންގެ ބިމަކަށް… ކީއްވެގެން ތޯ އޭ އެހެން މިވަނީ… އެހެން ރަށްތަކެކޭ މާލޭގެ ނެތް ތަފާތެއް… މާލޭގައި ގޯތި ދޭން އިއުލާނު ކުރި ހިސާބުން ފެށިގެން ދިޔާނާ ސައީދު މެން، ސިރާޖު މެން ފަދަ ފުންނާބު އުސް ބޭފުޅުން އެބަ އަޅުގަނޑުމެންނާއި ޖަދަލު ކުރޭ… ކީއްވެގެން ހޭ އެބޭފުޅުންނަށް ނުލިބެންވޭ… އެބޭފުޅުންގެ ނެތީ ތޯ ގޯތި؟ މައިންބަފައިގެންގެ ގޯތި ނެތީ ތޯ؟… އަޅުގަނޑުމެންގެ މައިންބަފައިންގެ ގޯތި މިހެން ބޯކިބާފައްޗެއް ހެން ފަޅިކޮށްކޮށްފަ ދެ އަކަ ފޫޓު ލިބުނަސް އެބަ ޖެހޭ މާލެއަށް ގޯތިއަށް ލާއިރު އެ ދޫކޮށްލަން.. އެއީ ހިލޭ ދޭ ދިނުމެއް ނޫން… އެއަށް ނުކިޔާނެ ހިލޭ އެކޭ… ދޫކޮށްލިޔަސް އާއިލާގެ ދެން އިން މީހާއަށް އުޅެވޭވަރުގެ ތަނެއް ނުލިބޭ”

މާލޭގެ ރަށްވެހިން، އަމިއްލަ ރަށުގައި ދިރިއުޅެން ޖެހިފައި ވަނީ ރެފިއުޖީންގެ ގޮތުގައިކަން ފާހަގަކޮށް ތަކުރާރުކޮށް އަންހެން މީހާ ބުނީ މިއީ ކޮންމެ ރައްޔިތެއްގެ ވެސް ހަގީގަތް ކަމަށެވެ.

“އެހެން ރަށްތަކުގެ މީހުން އައިސް ތިމަންނާމެން ދުނިޔެއަށް އައިސުރެ މިތާއޭ ތިބެނީ… ފައިޖައްސާ ކޮންމެތަނަކުން ނުޖެހޭ ގޯތިދޭކަށް… އެހެންވިއްޔާ ލަންކާގައި ބޮޑުވާ މީހާއަށް ވެސް ދޭން ޖެހޭނެއެއް ނޫންތޯ އެތަނުން ގޯތި ދޭން… ކީއްވެގެން ތޯ ނުޖެހެންވީ… ފުރަތަމަ ދޭށޭ މާލޭގެ ރަށްވެހިންނަށް… އެ ހައްގުވާ ރަށްވެހިންނަށް” އަންހެން މީހާ ބުންޏެވެ.

މާލޭގެ ރަށްވެއްސަކު އިތުރަށް ބުނީ، އޭނާ ރާއްޖޭގެ ރަށެއްގެ ގޯއްޗަކަށް އެދުނުކަމަށާއި، ނަމަވެސް އޭނާއަށް އެންގީ ގޯއްޗެއް ލިބޭނީ އެރަށުގެ މީހަކާއި އިނދެގެން އުޅޭނަމަ އެކަނިކަމަށެވެ.

ހިޔާ ފްލެޓުތައް ލިބުނު ވެސް ބައެއް މީހުންނަކީ އަމިއްލަ ރަށުގައި ބޮޑެތި އެތައް ގޯއްޗެއް ތިބި ބައެއްކަމަށް ފާހަގަކޮށް، ފިރިހެނަކު ބުނީ މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި، ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް

ބައެއް މީހުން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ރައީސް މުހައްމަދު ނަޝީދު، އަދި އިލްޔާސް އިބްރާހިމް ފަދަ ބޭފުޅުންނަށް ރާއްޖޭގެ ރަށްތަކުން ގޯތި ލިބުނު ގޮތާއި މެދު ސުވާލު އުފައްދާފަ އެވެ. މިއީ މާލޭގެ ނިކަމެތި ރަށްޔިތުންނެއް ނޫންކަމާއި، ބައެއް މީހުންނަކީ މާލޭގައި އެޕާޓްމަންޓުތައް ހެދުމަށް ފަހު ބޮޑު ކުލި ނަގައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހުންކަން ބައެއް އާއްމުން ފާހަގަ ކުރި އެވެ.

މާލޭގައި މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމި ނިންމުމާއި ދެކޮޅަށް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވާހަކަ ދައްކަވައި، މައްސަލަ މަޖިލީހަށް ހުށަހަޅާއިރު އޭނާގެ ގޯއްޗެއް ވެސް ރަށުގައި އޮންނާނެކަމަށް ވާހަކަ ދެއްކި މީހަކު ފާހަގަ ކުރި އެވެ.

މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމާއި ގުޅޭގޮތުން އުފެއްދުނު ބަހުސްތަކަށް ރޭ ޑރ. މުއިއްޒު ވަކި އެއްޗެއް ވިދާޅުވެފައި ނުވެ އެވެ. ނަމަވެސް ވިދާޅުވީ ބޭނުންވަނީ ރައްޔިތުންގެ ހިޔަލާއި އެއްގޮތަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ ބޯހިޔާވެހިކަމާއި ގުޅޭގޮތުން ސަރުކާރުން ކައުންސިލާއި އެކުގައި އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އަދި މާލެއިން ރައްޔިތުންނަށް ގޯތި ދިނުމާއި ފްލެޓް ދިނުމަކީ ކައުންސިލުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގާނޫން ކަނޑައަޅާފައި އޮތް ނަމަވެސް ސަރުކާރުން އެ ފުރުސަތު ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެކަމާއި ބެހޭ މަޝްވަރާތަކަށް އެދި ސަރުކާރަށް ރަސްމީ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 8%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

9 Responses

  1. މާލޭ މީހުނަށް މާލޭން ހިލޭ ގޯތި ލިބެންޖެހޭނެ އެކަމަކު ހުޅުމާލެ، ގުޅީފަޅު، ގިރާވަރުން ހަމައެކަނި މާލޭމީހުނަށް ގޯތި ދޭން ޖެހެނީ ކީތްވެބާއޭ ހިތަށް އަރާ. މީއިހައް ދުވަހު ހިއްކާފަ ހުރި ބިންބިން ހުޅުމާލެ ގުޅީފަޅު މީ މާލެ ހަމައެކަނި މާލެ މީހުނަށް ބިން ހައްގު ވާތަނެއް ނޫން . ކޮސް ވާހަކަ ނުދައްކާ. މާލޭ ފުރުމަކީ މާލެ މީހުނަށް ގުޅީފަޅާއި ހުޅުމާލޭން ގޯތި ހައްގު ވާ ދސަބަބެއް ނޫން. ވަރަށް ސަލާމް

  2. ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު އަގުގަ ބިންހިއްކައިގެން މާލޭ މޯހުންނަށް ހިލޭ ގޯތި ދޭކަށް ނުޖެހޭ.ރާއްޖެ ތަރައްގީ ކޮށްދެއްވާ.ތައުލީމް ރަނގަޅު ކޮށްދެއްވާ.ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާ.ސިއްޚީ ޚިދުމަތް ރަނގަޅު ކޮށްދެއްވާ.މިތާ މިތިބެނީ އުޅޭ ހިތަކުންނުން.މަޖުބޫރު ވެގެން.

  3. ކަލޯމެންގެ ރަށު ކައިރި އޮންނަ ފަޅު ޓެކްސް ފައިސާއިން ހިއްކާފަ ކަލޯމެން ރަށު މީހުންނަށް އެކަނި ދިނީމަ ހަމަ އޯކޭ، އެކަމަކު މާލޭ ކައިރި ފަޅު ހިއްކާފަ ކަލޯ މެންނަށް ދޭންޖެހޭ، ކާކާށްބާ މިކޮސް ގޮވެނީ.

  4. ހަޤީގަތާ ހިލާފަށް ނުލިޔުއްވާ. ލ ގަމުން އަޅުގަނޑުމެން ލ ގަމު މީހުންނަށް ގޯތި ނުދީ ކިތައް މާލޭ މީހުންނަށް ގޯތި ދީފަ އެބައޮތްތޯ ބައްލަވާލައްވާ. ޢަދި އެވެސް ބިޔަ ބޮޑެތި ބިން މާލޭގައޮތް މީ ހުންނަށް އިނގޭތޯ

  5. އަޅުގަނޑު މީ މާލޭ މީހެއް ނޫން. ހަގީގަތަކީ އެހެން ރަށްރަށެކޭ އެއްގޮތަށް މާލޭ މީހުންނަން މާލެއިން ގޯތި ލިބެން ޖެހޭނެ. އެކަމަކު އަޅުގަނޑުގެ އުފެދޭ ސުވާލަކީ މާލެއަކީ ކޮބާބާ…؟ ހުޅުމާލެތަ..؟ ވިލިނގިލިތަ….؟ ނޫނީ ގުޅީފަޅުތަ…؟ މިހާރު އޮޅިއްޖެ…؟

  6. މާލެ މީހުން ރާއްޖެތެރެ ރަށަކުން ތިމަންނަމެންނަކަށް ވެސް ގޯއްޗެއް ނުލިބެޔޭ އެހެން ވީމަ ރާއްޖެތެރެ މީހާއަކަށްވެސް މާލެއިން ގޯތި ދޭކަށް ނުޖެހެއޭ ބުނާއިރު ރާއްޖެ ތެރެއިން ގޯތި ދީފިނަމަ މާލެ ކިތައް މީހުންނަށްބާ ރާއްޖެތެރެއިން ލިބޭ ގޯތީގަ އުޅެން ކެރޭނީ.

    1. އަޅުގަނޑުު އުޅޭނަންް… މަންމަަ އަދިި ބައްޕަގެެ ގެެ މާލޭގ ހުރޭެ، އެކަމަކުު އެހެންް ރަށަކުންް ތަންކޮޅެއ ލިބިއްޖެއްޔާާ ބަދަލުު ވާގޮތަށްް… މާލޭގަަ މާާ މީހުންް ގިނަ

  7. ބިން ހިއްކާފަ އޮތީ ރާއްޖޭގެ ރައްޔިތުންގެ ރުފިޔާއިން އހެންވީމަ މާލޭ މީނުންނަށް ގޯތި ދޭން ޖެހޭނެ ސަބަބެއް ނެތް. މީގަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ.
    ހަމައެކަނި މާލޭ ރއްވެހިންގެ ނަމުގައި ބިން ހިއްކާފަ ގޯތި ދޭނަމަ އެ ހައްގުވާނެ އެކަމު މި ނުވާނެ މާލޭ ބޭފުޅުންގެ ބިމަކަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: